ފިލްމީތަރި ޕްރިޔަންކާ ޗޯޕްރާ ކުރިން އުޅުނު ގެއަށް ފިލްމީތަރި ޖެކްލިން ފަރނަންޑެޒް ބަދަލު ވެއްޖެއެވެ.

ބޮލީވުޑްގެ ފިލްމީތަރި ޖެކްލިން ފަރނަންޑެޒް އަކީ މަޝްހޫރު އަދި އޭނާގެ ރީތި ކަމަށް ދުނިޔޭގެ އެތައް ބައެއްގެ ސަމާލުކަން ހުއްޓިފައިވާ ތަރިއެކެވެ. "ކިކް" ގެ ތަރި ޖެކްލިން އިންޑިޔާގެ ޖުހޫ ކިޔާ ސަރަހައްދުން ގެއެއް ނުލިބިގެން އުޅެނިކޮށް މިވަނީ ޕްރިޔަންކާގެ ގެ ލިބިފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޕްރިޔަންކާގެ މި ގެއަކީ ޕްރިޔަންކާ އާއި ނިކް ޖޮންސް ކައިވެނި ކުރި އިރު 2018 ވަނަ އަހަރު އުޅުނު ގެއެވެ. އަގުބޮޑު މި ގެ އަކީ ރީތި ފަރުމާއަކަށް ހަދާފައިވާ ބޮޑު ގެއެކެވެ.

ޕްރިޔަންކާ އާއި ނިކް ވަނީ އޭގެ ފަހުން ލޮސް އެންޖެލިސް އިން 20 މިލިއަން ޑޮލަރުގެ މެންޝަން އެއް ގަނެފަ އެވެ. ޕްރިޔަންކާގެ ކުރީގެ ގެ ޖެކްލިން އަށް ދައްކާފައި ވަނީ ސިދާތު މަލޯތްރާއެވެ. ކިޔާރާ އަދްވާނީ އާއި ސިދާތު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް ފެތުރިފައިވާއިރު މި ދެ ތަރީންނަކީވެސް ޖެކްލިންގެ ވަރަށް ގާތް އެކުވެރިންނެވެ.

ޖެކްލިން ފާއިތުވި އަހަރު ތަކުގައި ދިރިއުޅެމުން އައީ ގެއެއްގައި ކުއްޔަށެވެ. މިހާރު "ބޫތް ޕޮލިސް" ގެ ޝޫޓިން ނަގަމުން އަންނަ ޖެކްލިން އަކީ ފިލްމީ ތަރީންނާއި ވަރަށް ގާތް ގުޅުމެއް ބާއްވާ ހިންހެޔޮ ތަރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަނާޒާ

    ގެއަށްވަނީ ކުއްޔަށްހޭ ނޫނީ އެ ގެ އޭނާ ގަތީހޭ

    18
    1