ލޮނުމެދު ކެއުމަކީ ގިނަ ފައިދާތަކެއް ސިއްހަތަށް ލިބޭ ކަމެކެވެ. އެތައް ދިރާސާތަކަކުން އެކަން ހާމަވާން އެބަހުއްޓެވެ.

ލޮނުމެދު ކެއުމުން ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމާއި ކޮލެސްޓްޓްރޯލް ދަށްކޮށް ދިނުން ފަދަ އެތައް ފައިދާ އެއް ލިބޭކަން އެނގެން އޮވެއެވެ. ނަމަވެސް ލޮނުމެދު ކެއުމުން މަދިރި ހެފުމާއި ދުރުކޮށްދޭ ވާހަކަ އަޑު އެހިން ހެއްޔެވެ؟

ލޮނުމެދު ކެއުމުގައި ހިމަނާ ނަމަ އޭގެ ވަހާއި ރަހަ ކޮންމެވެސް ވަރަކަށް އަނގަޔާއި، ގައިގެ ހަމުގައި ވެސް ހަރުލާފައި ހުރެއެވެ.

ލޮނުމެދު ވަަހަކީ މަދިރި ދުރުކޮށްދޭ އެއްޗެއް ކަމަށް ދިރާސާތަކުން އެނގެއެވެ. މިސާލަކަށް ލޮނުމެދު ސްޕްރޭ ބަގީޗާ އަށް ޖަހައިފި ނަމަ މަދިރިތައް ބަގީޗާއާ ދުރުވެއެވެ.

ސައިންޓިސްޓުން ބުނާ ގޮތުން އެންމެ ބޮޑަށް މަދިރި މީހަކަށް ޝައުގުވެރިވާ ކަމަކީ އެމީހެއްގެ ޖެނެޓިކްސްއެވެ.

އެހެންކަމުން ލޮނުމެދު ކަހަލަ އެއްޗެއް ކެއުމަށް ފަހު ދުވެ، ކަސްރަތުކޮށް ހެލިފެލިވާނަމަ މަދިރި ހެފުމި ދުރުވާނެއެވެ. އެއީ ކަސްރަތު ކުރުމުން ލެކްޓިކް އެސިޑް އަދި ކާބޮންޑި އޮކްސައިޑް ބޭރު ކުރާ މިންވަރު އިތުރުކޮށްދިނުމެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖަނާޒާ

    ތިޔަ ކިޔާއެއްޗެއްގެ އަގު މިވަގުތު ހުރީ 120 ގައިި. އަތޮޅުތެރޭގެ ގިނަ ރައްރަށުން ގަންނަންވެސް ނުލިބޭ.

  2. އެނގޭބޭ

    ހުސް ދޮގު ..... ފޭކް ނިއުސް.....

  3. އެމަންޖެ

    ތިޔަ ކައިގެން މޮއުޅޭ ކެނެރީ ނަޝީދު ދުރުކުރަން ބޭނުމީ.