މީސް މީޑިއާގައި ބުޅަލަކާ ޖިންސީ ގުޅުން ހިންގަން މަސައްކަތް ކުރި ފިރިހެެނަކަށް ގިނަ ބައެެއްގެ ފާޑުކިއުން އަމާޒުވެެއްޖެ އެެވެ.

ފޭސްބުކު އަދި ޓްވިޓާގައި މިހާރު ދައުުރުވަމުން އަންނަ ގާތްގަނޑަކަށް މިނިޓެއްހާ އިރު ދިގު މި ވީޑިއޯއިން ފެންނަނީ އެެ ފިރިހެން މީހާ ބުޅަލަކަށް ޖިންސީފުރައްސާރަ ކުރާ މަންޒަރެެވެ. އެ ވީޑިއޯ އަދި މިއިން އެއްވެސް ޕްލެޓްފޯމަކުން ޑިލީޓުކޮށްފައި ނުވާއިރު، ގިނަ ބަޔަކު އަންނަނީ އެމީހާއަށް ފާޑުކިއުން އަމާޒު ކުރަމުންނެެވެ.

އެެ ވީޑިއޯ ފޭސްބުކުން އަދި ޓްވިޓާއިން ރިމޫވްކުރުމަށް ގިނަބަޔަކު އަންނަނީ ރިޕޯޓުވެެސް ކުރަމުންކަން ފާހަގަކޮށްލެވެއެވެ.

ޖަނަވާރެެއް ނަމަވެސް އެެފަދަ ކަންކަން ކުރުމަކީ ދަށް ފަންތީގެ ކަމެެއް ކަމަށާއި، އެ "މުޑުދާރު" އަމަލު ހިންގަން މަސައްކަތް ކުުރި ފިރިހެން މީހާ ހޯދާ އޭނާ އަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ގިނަ ފަރާތްތަކަކުުން އަންނަނީ ގޮވާލަމުންނެވެ.

އެެ ވީޑިއޯއިން ފެންނަ މީހާގެ ސީދާ ނަން ހާމަވެފައި ނެތް ނަމަވެސް، އޭޭނާ އަކީ އިިންޑޮނޭޝިއާ އަށް ނިސްބަތްވާ މީހެެއް ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެެވެ.

މިފަދަ ވީޑިއޯތައް މީގެ ކުރިން ފޭސްބުކުން އަދި ޓްވިޓާއިން ޑިލީޓުކުރެއެވެ. މިހާރު ދައުރުވަމުން އަންނަ އެ ވީޑިއޯ އާންމުކޮށްފައި ވަނީ މިމަހުގެެ ދެެވަނަ ދުވަހު އެެވެެ.

ގިނަ ބަޔަކު އަތުކުރި އޮޅާލައިގެން މިފަދަ މީހުންނާއި ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރާ މީހުން މުޖުތަމައު އަށް ބޭޒާރުކޮށްލަން ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތަޅު

    ކުރާނެ ކުރާނެ! އެވެރިންނަށް ވުރެ ބާރުދެރަ ކޮންމެ އެއްޗަކަށް ޖިންސީގޯނާ ކުރާނެ އެހެޔޮ ކުރެއްޕަކަސް ފިރިހެނެކޭނު.

    23
    3
  2. ކުޑަ އާދަނު

    ދިވެހިން މަޑިޔަށް ވެ ތިއަނިޔާ ކުރާކަމަށް ވަނީ

  3. މ

    ސީރިއަލް ކިލާއެއް ކަމުގެ އަލާމާތް

    6
    1