ސައުދީ އަރަބިއްޔާގައި އަލަށް ހުޅުވި ކެފޭއެއްގައި ޖަމަލުގެ ކުޑަކަމުދާ ތަކެތި ވިއްކަން ފަށައިފިއެވެ.

މީޑީއާ ތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ސައުދީގައި ހުޅުވި މި ކެފޭއަކީ އެފަދަ ތަކެއްޗަށް ހާއްސަ ކޮށްގެން ހުޅުވާފައިވާ ކެފޭއެކެވެ.

އެތަނުގައި ޖަމަލުގެ ކުޑަކަމުދާ ތަކެތި ވިއްކާ މަންޒަރު ފެންނަ ވީޑީއޯއެއް މިވަގުތު މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، ގިނަ ބަޔަކު ވަނީ އެއީ އިސްލާމް ދީނަށް ފުރައްސާރަ ކުރުން ކަމަށް ބުނެފައެވެ.

ޓުވިޓާގައި މި ވީޑިއޯ އެންމެ ފުރަތަމަ ޝެއާ ކޮށްފައިވަނީ "ޓުގެދާ އެގެއިންސްޓް ރިލިޖަން ޓްރޭޑާސް" ނަމަކަށް ކިޔާ އެކައުންޓެއްގައެވެ. އެހެން ނަމަވެސް މިހާރު އެކި މީހުން އަންނަނީ އެ ވިޑީއޯ ހިއްސާ ކުރަމުންނެވެ.

އެ ވީޑީއޯއިން ފެނިގެން ދަނީ މީހަކު ހަނަފަސް ސަހަރާއެއްގައި ތިބި ބަޔަކަށް އެތަކެތި ވިއްކާ މަންޒަރެވެ. އެހެން ނަމަވެސް އެއީ އަސްލެއް ކަމެއް ނުވަތަ ބަޔަކު މީހުން ކުޅެފައިވާ ވީޑީއޯއެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ.

މިވީޑިއޯ ދައުރުވާން ފެށުމުން ސައުދީގެ ސިޔާސީ މީހަކު ބުނެފައިވަނީ އެފަދަ މީހުންނާއި ހެދި އިސްލާމްދީން ދެކެ މީހުން ނަފްރަތު ކުރާ ކަމަށެވެ.

އޭނާ އެހެން ބުނެފައިވާއިރު، މީގެ ކުރިން ސައުދީގެ މެޑިކަލް ރިސާޗް ސެންޓަރުން ވަނީ ޖަމަލުގެ ކުޑަކަމުދާ ތަކެތި ހިމެނައިގެން ކެންސަރު ފަދަ ބަލިތަކަށް ބޭނުން ކުރުމަށް ބޭހެއް އުފައްދާނެ ކަމަށް ބުނެފައެވެ. އަދި އިރާންގެ ސިއްހީ މާހިރަކުވެސް ވަނީ ކުޑަކަމުދާ ތަކެތި ބުއިމުން ކޮވިޑް-19 އާއި އެފަދަ ބަލިތަކުން ރައްކާތެރިވާނެ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    މޯދީ އެތަނަށް ގެންގޮސްބަލަ

    20
    1
    • ޢަހޫ

      ޢެތަނަށް ގެންދަންވީ ޖަލުގައޮތް ވަގު ކަލޭގެ.

      6
      9
  2. ލުއިލުއިއަދުނާން

    މި ބަނާނާ ރިޕަބްލިކުން ވެސް ބުޅަލުގެ ކުޑަކަމުދާ ތަކެތި ވިއްކަން ފެނޭ. ރަހުމަތްތެރި ހިޔަޅު އިންޑިއާ އިން އެ ވިއްކަނީ ގެރީގެ ކުޑަކަމުދާ ތަކެތި. އަރަބީން އެ ވިއްކަނީ ޖަމަލު ގެ ކުޑަކަމުދާ ތަކެތި.