ބޭނުންވާ ތަކެތި

1 ފިޔާ (ހިމުންކޮށް ކޮށާފައި) 2 ލޮނުމެދު (ގާނާފައި) 500ގ. ބޯންލެސް ޗިކަން (ކުދިކޮށް ކޮށާފައި) 3 މޭޒުމަތީ ސަމުސާ ޗިލީ ސޯސް ¼ ޖޯޑު ޓޮމާޓޯ ޕޭސްޓް 250ގ. މަޝްރޫމް (ކޮށާފައި) 2 ލޮނުމެދު (ގާނާފައި) 1 ފިޔާ (ހިމުންކޮށް ކޮށާފައި) ½ ޖޯޑުފުށް 185ގ. ބަޓަރު 1 ބިސް ތާފަނާ ފެން

ތައްޔާރުކުރާނެ ގޮތް

ފުށާއި ބަޓަރު އެއްކޮށްލާފައި ބްރެޑް ކްރަމްބްސްއަށް ވަންދެން މޮޑެލާށެވެ. ދެން ބިސް ކުޑަކޮށް ގިރާފައި އެއްކޮށްލާށެވެ. އެއްށްފަހު ތާފަނާފެނުން ފުށްގަނޑު މޮޑެފައި ކޮތަޅަކަށްލާފައި ބާއްވާށެވެ. އެއަށްފަހު ތަވާ އުނދުންމައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާށެވެ. ތެޔޮފޮދު ހޫނުވީމުން ފިޔާކޮޅު ރަތްވަންދެން މަޑުގިނީގައި ދޭފަތުން ހަލަމުން ދާށެވެ. ދެން ލޮނުމެދު، މަޝްރޫމް ، ޓޮމާޓޯ، ޗިލީ ސޯސް، ލޮނު އަދި ކުކުޅު އެއްކޮށްފައި ރޯފިލުމުން އުދުންމަތިން ބާލާށެވެ. ދެން ފުށްގަނޑު ދެބައިކޮށްފައި ދެބައިވެސް 4 /1 އިންޗިއަށް ދާމާލާށެވެ. އެއައްފަހު ޕައި ފިހޭ ޓްރޭގައި ފުށްގަނޑު ފަތުރާލާފައި މަސްގަނޑު ފަތުރާލާފައި (މަސްފަތުރާނީ ފުށްގަނޑުގެ ކައިރިފަށުން ތަތްކުރެވޭހާ ހުސްތަން ބާއްވާފަ)، އަނެއްފުށްގަނޑު މަސްގަނޑު މަތީގައި ބާއްވާފައި ކާރިފަށް ތަތްކޮށްލާށެވެ. ދެން ފުށްގަނޑުގެ މަތީގައި ބުރުހަކުން ބަޓަރު ހާކާލާފައި އަވަނުން ފިހެލާށެވެ.