29 ލައްކަ އިންޑިއަން ރުޕީސްގެ ''ފުރޯޑް'' މައްސަލައެއް ޕެރުމްބަވޫރުގެ ރައްޔިތެއް ސަނީ ލިއޯންއާއި ދެކޮޅަށް ޖައްސައިފިއެވެ. މި މައްސަލައާއި ގުޅިގެން ކޮޗީ ކްރައިމް ބްރާންޗުން ސަނީގެ ބަޔާން ވަނީ ނަގާފައެވެ.

ސަނީ ލިއޯން މިހާރު ކުޅެމުންދާ ފިލުމުގެ ޝޫޓް ކުރަމުންދާ ތްރިވަނަންތަޕޫރަމްއަށް ގޮސް ކްރައިމް ބްރާންޗުގެ ޓީމަކުން ވަނީ މި މައްސަލައާއި ގުޅިގެން ސަނީގެ ބަޔާނެއް ރިކޯޑު ކޮށްފައި ކަމަށް ކްރައިމް ބްރާންޗުގެ އޮފިޝަލަކު ބުނެފައިވެއެވެ.

ޝިޔާސް ނަމަކަށް ކިޔާ މީހަކު ވަނީ ޗީފް ޕޮލިސްއަށް މި މައްސަލަ ހުށަހަޅައިފައެެވެ. އަދި ފަހުން ފުލުހުން ވަނީ މި މައްސަލަ ކްރައިމް ބްރާންޗަށް ހުށަހަޅައިފައެވެ.

ޝިޔާސް ބުނެފައިވަނީ ސަނީ ލިއޯން ވަނީ ދެ ޕްރޮގުރާމެއްގައި ބައިވެރިވުމަށް އެއްބަސްވެ އޭނާ އަތުން 29 ލައްކަ އިންޑިއަން ރުޕީސް ނަގާފައި ކަމަށާއި ނަމަވެސް އެއިން އެއްވެސް ޕްރޮގުރާމަކަށް ސަނީ އައިސްފައި ނުވާ ކަމަށެވެ.

ސަނީ ލިއޯން ވަނީ ވަރަށް ފަހުން އޭނާގެ ރިއަލިޓީ ޑޭޓިން ޝޯގެ ޝޫޓިންއަށް ކެރަލާއަށް ގޮސްފައެވެ. އަދި އެ ތަނުގައި ކްރިކެޓް ކުޅެ އިންސްޓަގުރާމުގައި ވެސް ވަނީ އެކަން ހިއްސާ ކޮށްފައެވެ.

ސަނީ ލިއޯން ކުޅެފައިވާ ވެބް ސީރީސް ވަނީ މިދިޔަ މަހު އެމްއެކްސް ޕްލޭޔާގައި ރިލީޒް ކޮށްފައެވެ. މި ސީރީޒްގައި ސަނީގެ އިތުރުން ފެނިގެންދާނީ ކަރިޝްމާ ތަންނާ، ވިވެކް ވަސްވާނީ، ދީޕަކް ތިޖޯރީ، އަމާން ޚާން އަދި ތާހާ ޝާހްއެވެ.

ސަނީ ލިއޯންގެ ފައިސާގެ މި މައްސަލައާއި ގުޅޭގޮތުން ބަޔާން ދީފައިވީ ނަމަވެސް އެއްވެސް ކަމެއް އާއްމުންނާ ހިއްސާކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަންނި

    ސަނީ މިހާރަކު ތިޔަބުނާ ޕްރޮގުރާމުތައް ކުޅެއެއްނޫނޭ ، ނުވިސްނޭއިރު ކުޅުން.

  2. އައްޑޫ ލެއި

    މަ ހީކުރީ ބަރަހަނާ ފިލްމްކުޅުމުގެ ތުހުމަތު ކަމަށް

    5
    1