އިނގިރޭސި ވިލާތުގެ މި ގަނޑުވަރުގައި އުޅެލަން ކޮންމެ މީހަކަށް ވެސް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފައެވެ. ޖެހޭނީ ތިމާ އާއި ތިމާގެ ހަތް އެކުވެރިން ހަމަކޮށްލާށެވެ. ކޮންމެ ރެއަކަށް މީހެއްގެ އަތުން އެންމެ 59 ޑޮލަރު ހޭދަކޮށްލައިގެން އުޅެލަން މިއީ ރަނުގެ ފުރުސަތަކަށް ނޫނީ ނުވާނެއެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި ގަނޑުވަރުތައް އެބަ ހުއްޓެވެ. އަދި މުއްސަނދީންގެ ދިރިއުޅުން ފެންނަ އެތައް ތަންތަން ހުރިއިރު މިފަދަ ގަނޑުވަރެއްގައި ރެއެއް ހޭދަކޮށްލުމަކީ ވެސް އެތައް ބައެއްގެ ހުވަފެނެކެވެ.
ޓޯސްޓޮކް ކާސަލް ނަމަކަށް ކިޔާ މި ގަނޑުވަރު ހުންނަނީ އިނގިރޭސިވިލާތުގެ ޓޯސްޓޮކްގެ ބިއުކޯލިކް ވިލެޖުގައެވެ. އަށާރަ ވަނަ ގަރުނުގެ މި ގަނޑުވަރުގައި ޗުއްޓީ ހޭދަކޮށްލުމަށް ހޯމްއަވެއި ވެބްސައިޓުން ބުކިން ހެދޭނެއެވެ.
މޫދާ ކައިރީގައި ހުންނަ މި ގަނޑުވަރުގެ އިތުރު ފުރިހަމަ ކަމަކީ ފޫހި ފިލުވާލުމަށް މޫދަށްވެސް ދެވިދާނެ ކަމެވެ. ގަނޑުވަރުގައި ހަތަރު ނިދާ ކޮޓަރި ހުންނަ އިރު ދެ ކޮޓަރި ބޮޑެވެ.
ލަގްޒަރީ ފެންވަރުގެ ސޯފާ ތަކުގެ އިތުރުން ގަނޑުވަރުގެ ކޮޓަރިތަކާއި ސިޓިންރޫމް އަދި ރިސެޕްޝަންގެ ސީލިން އަދި ބިންމަތި ހަދާފައިވަނީ ވެސް ޝާހީ ބޭފުޅުން ދިރިއުޅުއްވާ ތަންތަން ހުންނަ ގޮތާ ދާދި އެއްގޮތަށެވެ.
ރެއެއްގެ މައްޗަށް 475 ޑޮލަރު (7،324 ރުފިޔާ) އަށް މީހުންނަށް ބަހާލުމުން ކޮންމެ މީހަކުވެސް ދައްކަން ޖެހޭނީ 59 ޑޮލަރެވެ. މިފަދަ ގަނޑުވަރެއްގައި ހަޔާތުން ދުވަހެއް ހޭދަކޮށްލަން މިއީ ރަނުގެ ފުރުސަތެކެވެ.
މިއަށްވުރެ ފުރިހަމަ ގަނޑުވަރު ލިބޭނެގޮތް އެބަހުރި އެއްވެސް ޚަރަދެއް ކޮށްނުލާ ކުޑަހިތްވަރަކުން.
އަސްލު ވަރަށްވެސް ފަސޭހަ. ފަރުޟު 5 ނަމާދަށް ރައްކާތެރިވެފަ އިސްލާމީ އުސޫލުތަކުގަ ހިފީމަ ނިމުނީ. ޢެއްވެސް ފައިސާއެއްދޭކަށް ނުޖެހޭނެ. މުޅިން ހިލޭ