އެޕަލްގެ އުފެއްދުންތަކަކީ މުޅި ދުނިޔޭގައިވެސް މަގުބޫލު އުފެއްދުންތަކެކެވެ. އަގަށް ބެލި ނަމަވެސް އެއީ އެހެން އާލާތްތަކާއި ތަފާތު ބްރޭންޑުގެ ތަކެތި އުފެއްދުމަށްފަހު ބާޒާރަށް ނެރޭ ބައެކެވެ. އައިފޯން، އައިޕެޑް، އައިޓީވީ މިހެން ގޮސް އިލެކްޓްރޯނިކް ސާމާނު އުފެއްދުމުގެ ރޭހުގައި އެ ކުންފުނި އުޅެނީ ވަރަށް މަތީގައެވެ.

ނަމަވެސް އެމެރިކާގެ މަސަޗުސެޓްސް އަށް ނިސްބަތްވާ ބްރެޑްފޯޑް ގޯތިއާ އަށް ދިމާވީ ގިނަބަޔަކު ހީކުރާނެ ކަހަލަ ކަމެއް ނޫނެވެ. ނިދިން ހޭލެވުނު އިރު އޭނާގެ އެއާޕޮޑް ވީތަނެއް ނޭނގި ހޯދިއިރު އޭގެން އެކަތި ފެނުނެވެ. ނަމަވެސް އަނެއް ކަންފަތަށް ބޭނުންކުރާ އެއާޕޮޑް ހޯދާ ނުފެނުނެވެ. އެ އެއާޕޮޑް އޭނައަށް ފެނުނީ ހަށިގަނޑު ތެރެއިންނެވެ. އޭނާއަށް އެ ދިރުވާލެވުނު ގޮތް ރޭކާވެސް ނުލިއެވެ.

މިކަން ހިއްސާކޮށް މީސްމީޑިއާގައި އޭނާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިދިޔަ ބުދަދުވަހު ނިދާ ހޭލެވުނުއިރު އޭނާގެ ދެ އެއާޕޮޑުގެ ތެރެއިން އެކަތި ހޯދަ ހޯދާ ނުފެނުނު ކަމަށާއި ކަރުތެރޭގައި އެއްޗެއް އޮތްކަމުގެ އިހުސާސްވީ ގިނަ އިރުތަކަކަށްފަހު ކަމަށެވެ. އެ ހިސާބުން އެއީ ކޯޗެއްތޯ ބެލުމަށް މަސައްކަތްތަކެއް ކުރިކަމަށް ބްރެޑްފޯޑް ބުންޏެވެ.

"ވަރަށް ގިނަ ފެން ބުއިން އެ ހަށިގަނޑުގެ ތެރެއަށް ފޮނުވާލެވޭތޯ، އުޅެ އުޅެ އެކަމެއް ނުވި، އެކި ގޮތްގޮތަށް ކަރުގައި އޮތް އެއްޗެއް ނެގުމަށް މަސައްކަތްކުރިން، ހީވީ މީހަކު މެޔަށް ޕްރެޝަރުކުރާހެން، އުނދަގޫތަކެއްވި، އެހެން މަސައްކަތް ކުރަނިކޮށް ބަދިގޭ ސިންކަށް ގުދުވެގެން އޮވެ މަސައްކަތްކުރިން ހޮޑުލައިންވެސް އެ ބޭރުވޭތޯ" ބްރެޑްފޯޑް ބުންޏެވެ.

ބްރެޑްފޯޑް ބުނީ އެއާޕޮޑް ހޯދުމަށް "ފައިންޑް މައި އެއާޕޮޑް" މެދުވެރިކޮށް މަސައްކަތްކުރަން އުޅުނުކަމަށެވެ. ނަމަވެސް ޗާޖު ނެތުމުގެ ސަބަބުން އެކަން ނުކުރެވުނެވެ. ސިންކަށް ގުދުވެ ކުރި މަސައްކަތުން އެ ބޭރުނުވުމުން ބްރެޑްފޯޑްގެ އާއިލާއިން ނިންމީ އޭނާ ހަށިގަނޑު ތެރޭގައި އޮތީ ގެއްލިގެން ހޯދާ އެއާޕޮޑު ކަމަށެވެ. އެއާއެކު އަވަހަށް ހޮސްޕިޓަލަށް ދިޔައެވެ. އަދި ނެގި އެކްސްރޭ އިން އެ ފެނިފައިވަނީ މޭކަށިގަނޑާއި ދިމާލުން ކާތަކެތި އެތެރެކުރާ ހޮޅިތެރެއިންނެވެ. އެ ނަގާފައިވަނީ އެންްޑޮސްކޮޕީ މެދުވެރިކޮށެވެ.

މި ހާދިސާއާއި ގުޅިގެން ވަޔަލެސް އެއާޕޮޑް ބޭނުންކުރާ މީހުންނަށް އޭނާ ދޭން ބޭނުންވި މެސެޖަކީ ނިދި ޖެހުނަސް ކަންފަތަށް ޖަހާފައި އޮންނަ އެއާޕޮޑަށް ފަރުވާތެރި ވުމަށެވެ. އަދި އެ ދިރުވާލެވޭނީ ބުނެފައިނޫން ކަމަށާއި އިތުރަށް ސަމާލުވެއްޖެ ނަމަ މިފަދަ ހާދިސާތައް ނުހިނގާނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސިނެކް

    ނިދަނީކީނޫން ސަކުސަން ވީ

    4
    1