ކޮވިޑް-19 އިން ރައްކާތެރިވުމަށް މާސްކު އެެޅުމާއި އިޖްތިމާއީ ގައިދުރުކަން އަދި އަތް ދޮވުން ފަަދަ ކަންކަން ވަަނީ އާންމު ދިރިއުޅުމުގެ މުހިންމު ބައިތަކަކަށް ވެގެން ގޮސްފައެެވެ. ގިނަ ބަަޔަަކަަށް މި ކަންކަން މިހާރު އެހާ ބުރައެއް ނޫނެވެ. އަބަދު އެކަންކަަން ކުރުމުގެެ ސަަބަބުން އެެމީހުންގެެ ދިރިއުޅުމުގެެ އާދައަކަށް މިކަން ވަނީ ވެގެންގޮސްފައެވެ.

މި ބަލިމަޑުކަމުގެ ތެރެއިން މައިންބަފައިންނާއި ކުޑަކުދިންނާއި ގުޅޭ އެެކި ހިދުމަތްތައް ދެެމުން އަންނަ ތަންތަނުން ދެ ބަސްވާ ކަމެެއްް އޮވެއެވެެ. އެއީ ހަމަ ހަގީގަތުގައިވެސް ބޮޑެތި މީހުންނެެކޭ އެއްްގޮތަށް މިކަންކަމަށް ކުޑަކުދިން ވެސް އަހުލުވެެރި ކުރެވޭތޯއެވެ.

މިހާތަނަށް ހޯދިފައިވާ ހޯދުންތަކުގެެ އަލީގައި އެެނގެނީ މި ބަލިމަޑުކަމުގެ ބިރުވެރިކަން ކުޑަކުދިންނަށް ވަކި ބޮޑު ނޫން ކަމެވެ. އެެ ކުދިންނަށް މި ބަލި ޖެހުނު ނަމަވެެސް ހާލު ދެެރަވެެ އައިސީޔޫގައި ފަރުވާ ދޭން ޖެހޭޭ އަދަދު އަދިވެެސް ވަރަށް މަދެވެ.

"ހާވާޑް މެެޑިކަލް ސްކޫލް"ގެ ހޯދުންތަކުން ދައްކާ ގޮތުން އެެކުދިންގެ ކިބައިން މި ބަލީގެެ އަލާމާތެއް ފެނުން ބޮޑު މީހަކަށްވުރެ ވެސް ދުރެވެެ.

ނަމަވެސް "ރޯޔަލް ކޮލެެޖް އޮތް ޕީޑިއޭޓްރިކްސް އެެންޑް ޗައިލްޑް ހެެލްތު"ގެ ހޯދުންތަކުން ދައްކާ ގޮތުގައި ކުޑަކުދިންގެެ ކިބައިން ފެނިދާނެ މި ބަލީގެެ އަލާމާތްތައް ބޮޑެތި މީހުންނާ ތަފާތެެވެ. އެގޮތުން މި ބަލި ހުންނަ ނަމަ ކުޑަކުދިންގެ ކިބައިން ފެެނިދާނެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:
  • ތިން ދުވަހަށްވުރެ ގިނަ ދުވަހު ކުޑަކޮށް ހުން އައިސްފައި ހުރުން
  • ހަނގަނޑު ކުރަކިވުން
  • ބަނޑުގައި ރިއްސުން
  • ބޭރަށް ހިންގުން
  • ހޮޑުލެވުން

އެެހެން ކަމުން މިއިން އެއްވެސް އަލާމާތެެއް ފެންނަ ނަމަ ލަސްނުކޮށް ކޮވިޑް-19 އަށް ކުޑަކުދިން. ޓެސްޓުކުރުން ވަރަށް ބުއްދިވެެރިއެވެެ. އޭރުން މި ބަލި ޖެހޭތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެކަން ހޯދި ފަރުވާދީ ރަނގަޅު ކުރެެވޭނެެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެމަންޖެ

    ކެނެރީ ނަޝީދައް ތިޔަ ހުރިހާ ގޮތެއް ވެޔޯ.