އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މާލިކް އޯގަސްޓް މަހުގެ ތިންވަނަ ދުވަހު އިންޑިޔާގައި ޝޯތަކެއް ދޭ ގޮތަށް ހަމަޖައްސައިފިއެވެ.

އިންޑިޔާގައި ޝޯ ދިނުމަށް ފަހު އޭނާ ނޭޕާލް އަށް ވެސް ދާ ގޮތަށްވަނީ ރާވާފަވާކަމަށް މި ޓުއާ އިންތިޒާމް ކުރާ ޖޭޕީއާރް އިވެންޓްސްގެ ޑިރެކްޓަރު ސުނިލް ހަމަލް ބުނެއެވެ.

އިންޑިޔާއަށް ޒޭން ކުރާ ދަތުރުގައި އެނާ ކުރިން މަސައްކަތް ކުރި ބޭންޑުގެ މެންބަރުން ގެނައުމަށް ރޭވި ކަމަށް ސުނިލް ބުންޏެވެ.

މި ޓުއާގައި މުމްބާއީގެ އިތުރުން ކަލްކަޓާ، ހައިދަރްއާބާދު އަދި ވެރިރަށް ނިއު ދިއްލީ ފަދަ ސިޓީތަކުގައި ޝޯތައް ހުށައިޅައިދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ދާދި ފަހުން ހިންދީ ލަވައެއް ކަމަށްވާ "ތޭރީ ދީވާނީ"ގެ ކަވާއެއް ޒޭންގެ އިންސްޓަގްރާމުގައި ހިއްސާ ކުރުމުން ގިނަ ބައެއްގެ ފާާޑު ކިޔުން އޭނާ އަށް އަމާޒު ވިއެވެ. "ވަން ޑިރެކްޝަން" ބޭނުންޑުން ވިދާލި ޒޭން ކަވާ ކޮށްފައިވާ "ތޭރީ ދީވާނީ" އަކީ އެތައް ބައެއްގެ ލޯބި ލިބިފައިވާ ބޮލީވުޑްގެ ލަވަކިޔުންތެރިޔާ ކައިލާޝް ކޭރުުގެ ލަވައެކެވެ.

ގިނަ ބަޔަކު ބުނަމުން ދަނީ ޒޭން ލަވަ ކިޔާފައި ވަނީ އެ ލަވަ ކިޔަން ޖެހޭ ގޮތަށް ނޫން ކަމަށެވެ. ނަމަވެސް އޭނާ ހިތްވަރު ކުރީތީ ބައެއް ފަރާތްތަކުން ވަނީ ތައުރީފު ކޮށްފައެވެ. ނަމަވެސް ޒޭންގެ ދިފާއުގައި ވާހަކަ ދައްކާ ފަރާތްތަކުން ބުނަނީ އެ ކަވާ ހަގީގަތުގައިވެސް ކަމުދާ ކަމަށެވެ.

ޒޭން މަސައްކަތް ކުރަމުން ދިޔަ ބޭންޑް ވަން ޑައިރެކްޝަން އިން ވަކިވީ 2015 ވަނަ އަހަރެވެ. އެއަށް ފަހު އޭނާ މަސައްކަތް ކުރަމުން ދިޔައީ ސޯލޯ އާޓިސްޓެއްގެ ގޮތުގައެވެ. ސޯލޯ އާޓިސްޓެއްގެ ގޮތުގައިވެސް ޒޭން އަންނަނީ މަގުބޫލުކަން ހޯދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަރި

    މީ އަންނޫ މާލިކުގެ ދަރިއެއްބާ؟

  2. Huh

    Alheyyyyyyyyy raaje ah annaaane meeheh neitha? Alhe bts annaanenama i would die with no regrets??

  3. Love U??

    އައި ލަވް ޔޫ ޒޭން

    2
    1