ބޭނުންވާނެ ތަކެތި :

200 ގްރާމް ކުކުޅު ( ތުނިކޮށް ކޮށާފައި)

1 ޖޯޑު ބެސިލް ފަތް

1 ޖޯޑު ބީންސް ( އެއް އިންޗިއަށް ވުރެއް ބޮޑަށް ކޮށާފައި)

2 މޭޒުމަތީ ސަމްސާ ޗިކަން ސްޓޮކް

1 ސައިސަމްސާ ލޮނުމެދު ( ކޮށާފައި)

2 ތޮޅި މިރުސް ( ކުދިކޮށް ކޮށާފައި)

2 މޭޒުމަތީ ސަމްސާ ވެޖެޓަބަލް އޮއިލް

1 މޭޒުމަތީ ސަމްސާ އޮއިސްޓާ އޮއިލް

2/1 މޭޒުމަތީ ސަމްސާ ސޯޔާ ސޯސް

2/1 ހަކުރު

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ތަވަޔަށް ތެލާއި، ލޮނުމެދާއި މިރުސްކޮޅު އަޅައި މިނެޓެއް ވަންދެން ރަތްކޮށްލާށެވެ. އެއަށްފަހު ކުކުޅު ކޮޅު އަދި ޗިކަން ސްޓޮކް އަޅައި އިތުރު ތިން މިނެޓް ގަދަ ގިނީގައި އެއްކުރާނީއެވެ. ދެން އޮއިސްޓާ ސޯސް އަދި ސޯޔާ ސޯސްގެ އިތުރުން ހަކުރުކޮޅު އަޅައި ރަގަނޅަށް އެއްކުރާނީއެވެ، އެއަށްފަހު އޭގެ ތެރެއަށް ބީންސް އަދި ބެސިލްކޮޅު އަޅައި އިރުކޮޅަކު އެއްކޮށްލާނީއެވެ.