ލުނބޯ ފަންޏަކީ ގިނަ ފައިދާތަކެއް އެކުލެވޭ ބުއިމަކަށްވާއިރު މި ފެން ގަވައިދުން ބޭނުންކުރަން ފަށައިފިނަމަ ގިނަ ސިއްހީ މައްސަލަތަކަށް ހައްލު ލިބިގެންދާނެ އެވެ.

ކިޑްނީގައި ހިލަ އުފެދުމަކީ ރާއްޖޭގައި އާންމުކޮށް ދިމާވާ މައްސަލައެކެވެ. މަދުން ފެން ބޮވުން ފަދަ ސަބަބުތަކާއި ހުރެ ކިޑްނީގައި ހިލަ އުފެދޭއިރު އެއީ އެހެން ސިއްހީ މައްސަލަތަކަށްވެސް މަގުފަހިކޮށްދޭ ކަމެކެވެ. ނަމަވެސް ލުނބޯ ފަންޏަކީ ފަސޭހައިން ކިޑްނީ ހިލަ ފިލުވައިދޭ ބުއިމެކެވެ. އަދި އިތުރަށް ހިލަ އުފެދިޔަ ނުދީ އެހީވެދެއެވެ.

ކެއުމަށް ގެނެވޭ ބަދަލަކުން ނުވަތަ އެހެން ސިއްހީ މައްސަލައެއްގެ ސަބަބުން ހަޖަމުކުރުމަށް އުނދަގޫތަކެއް ކުރިމަތިވާފަހަރު އާދެއެވެ. ހެނދުނު ހުސް ބަނޑާ ލުނބޯފަނި ތައްޓެއް ބޯލާށެވެ. ހަޖަމުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބިގެންދާނެއެވެ.

ބައްޔެއްގެ ސަބަބުން ނުވަތަ ކެއުމުގައި ލޮނުމެދު ފިޔާ ފަދަ ތަކެތި ގިނައިން ހިމެނުމުން އަނގައިން ނުބައިވަސް ދުވުމަށް މަގުފަހިވެއެވެ. އޭގެ އިތުރުންވެސް އަބަދު އަނގަ ހިކިފައި ހުރުމުގެ ސަބަބުންވެސް އަނގައިން ނުބައިވަސް ދުވާނެއެވެ. އެހެންކަމުން ހެނދުނުގެ ވަގުތުގައި ލުނބޯފަނި ތައްޓެއް ބޯލާށެވެ. އަނގަ ހިކުމުންނާއި ނުބައިވަސް ދޮވުމުން ދުރުކޮށްދޭނެއެވެ.

ބަރުދަން ލުއިކޮށް ދިނުމަށް ލުނބޯ ފަންޏަކީ އެއްވަނައިގެ އެއްޗެކެވެ. ލުނބޯފެނީގެ ސަބަބުން ހަށިގަނޑުގައި މެޓަބޮލިޒަމް ރޭޓް އިތުރުކޮށްދީ ބަނޑުހައި ވުމުން ދުރުކޮށްދޭނެއެވެ. ނަމަވެސް ލުނބޯ ފަންޏަކީ އަންހެނުންނަށް އެހާ ގިނައިން ބޭނުންކުރަންވާނެ އެއްޗެއް ނޫނެވެ. ހަށިގަނޑަށް ބޭނުންވާނީ ދުވާލަކު އެއް ލުނބޯއެވެ، އެހެންކަމުން އެވަރަށް ބޭނުންކުރާށެވެ.