ހިންދީ ފިލްމު އިންޑަސްޓްރީ އަށް "ބޮލީވުޑް" އޭ ކިޔުން މަނާކުރަން ޖެހޭކަމަށާއި އެކަމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް، އެޤައުމުގައި ވެރިކަން ކުރާ ބަރާތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ އިސް ލީޑަރަކު ބުނެފިއެވެ.

އެޕާޓީގެ އިސް ފަޑީގައި ހަރަކާތްތެރިވާ ކައިލާޝް ވިޖަޔަވަރުގިޔާ ބުނެފައިވަނީ ބޮލީވުޑު ބަހަކީ އެއިންޑަސްޓްރީއަށް ކުރެވޭ ބޭއިންސާފެއްކަމަށެވެ. މިކަމަށް ގޮވާލައި، ބޮލީވުޑުގެ ބައެއް ފަންނާނުންނާއެކު އޭނާ ޓްވިޓަރ ގައިވަނީ ކެމްޕޭނު ކުރަން ފަށާފައެވެ.

ކައިލާޝް އިތުރަށް ބުނެފައިވާ ގޮތުގައި "ބޮލީވުޑް" މި ބަހަކީ އެންމެ ފުރަތަމަ، ބީބީސީގެ އިންޓަވިއުއެއްގައި ބޭނުންކުރި ބަހެއްކަމަށާއި ބީބީސީ އިން އެބަސް، ހިންދީ ފިލްމު އިންޑަސްޓްރީއަށް ބޭނުންކުރީ، އެއީ ހޮލީވުޑު ކޮޕީކުރާ ބައެއް ކަން އަންގައިދިނުމަށެވެ. އެހެންކަމުން، މިއީ ހިންދީ ފިލްމީ ސިނާއަތަށް ކޮށްފައިވާ ބޭއިންސާފު އަދި ހުތުރުކަމެއްކަމަށް އޭނާ ބުނެފައިވެއެވެ.

އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި މި ބަސް ބޭނުންކުރުން އެއްކޮށް މަނާކުރުމަށް، އެޤައުމުގެ އިންފޮމޭޝަން އަދި ބްރޯޑްކާސްޓިން މިނިސްޓަރުގެ ކިބައިން އެދޭނެއެވެ.

ބޮލީވުޑަކީ އިންޑިޔާގެ ހިންދީ ފިލްމު އިންޑަސްޓްރީއަށް ނިސްބަތްކޮށް ބޭނުންކުރާ ނަން ކަމުގައިވާއިރު، އެއިންޑސްޓީ ބިނާވެފައި އޮންނަނީ އެޤައުމުގެ ވިޔަފާރީގެ މައި މަރުކަޒު، މުމްބާއީ އަށެވެ. ހިންދީ ފިލްމުގެ އިތުރުން، އިންޑިޔާގެ އެހެން ސަރަޙައްދުތަކުގައިވެސް ފުޅާ ދާއިރާއެއްގައި ފިލްމު އުފައްދައެވެ. އެގޮތުން، ދެކުނުގެ ސަރަޙައްދުތަކުގައި ތަމަޅަ، ކަންނާޑާ، މަލަޔާލަމް އަދި ތެލުގޫ ފިލްމު އުފައްދައެވެ. ކޮންމެ އަހަރަކުވެސް، ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ފިލްމު ނެރެނީ ބޮލީވުޑުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ބުއްޅަބޭ

  ދެން ކިޔަންފެންނަނީ ގެރިވޫޑް!

 2. އަލްޖިބްރާ

  ތިޔަތަނަށް " ރޭޕްވުޑް " ކީމަ ރީތީވާނެ !

 3. އަޙުމަދު ޙަމީދު

  ރޭޕްވުޑް ކިއިއްޔާ ކިހިނެއް ވާނީ؟

  • ކާކުތަ

   އަލްޖިބްރާ އެބުނީނުން ރީތި ވާނޭ!!