ހިންދީ ފިލުމުތަކުން ފެންނަ ބައެއް ކަންތައްތަކަކީ އެ ފިލުމު ބަލަން ވެސް ވަރަށް ރުޅިއަންނަ ފަހަރުތައް އާދެއެވެ. ބައެއް ފަހަރު އެކަންކަން ޖޯކަކަށް ވެގެން ދެއެވެ. ބައެއް ފިލްމްތަކުން ބަތަލް އަދި ބަތަލާއަށް ނުވާނެ އެއްވެސް ކަމެއް ނޯވެއެވެ.

ހިންދީ ފިލުމުތަކުން ފާހަގަ ކުރެވޭ މިފަދަ ބައެއް ކަންތައްތަކަކީ:

ބަތަލަށް ކިތައްމެ ވަރަކަށް އަނިޔާ ކުރި ނަމަވެސް އޭނާގެ ގަޔަށް ބަޑި ޖެހި ނަމަވެސް، އަތެއް ފަޔެއް ބުރިކޮށްލި ނަމަވެސް ބަތަލް ތެދުވެ ދެން ތިބޭ ނުބައި މީހުންނާއި ފައިޓްކޮށް މޮޅުވާނެއެވެ.

ފައިޓަށް އަންނަ ގޭންގުގައި ހުންނަ ކޮންމެ މީހެއްގެ ގައިގައި ވެސް ބަތަލު އެންމެ ފަހަރަކު ޖަހައިލާއިރަށް އެމީހުން ވެއްޓޭނެއެވެ. ނަމަވެސް ވިލަންއަށް ކިތައްމެ އަނިޔާއެއް ކުރި ނަމަވެސް އެތައް އިރެއް ވަންދެން އެއްވެސް އަނިޔާއެއް ނުވާނެއެވެ.

ކޮންމެ ފިލުމެއްގައި ވެސް ބަތަލްއަކީ ފައިޓް ކުރުމަށާއި ދުވަހަކު ލޮލުން ނުދެކޭ ހަތިޔާރެއް ވެސް އެންމެ މޮޅަށް ބޭނުން ކުރަން އެނގޭނެއެވެ.

އެއް އިމާރާތުން އަނެއް އިމާރާތަށް ސްޕަމޭންއެއް ފަދައިން ފުންމާ އަދި ބޮމް ފަދަ އެއްޗެހި ޑިފިއުސް ކޮށްލުމަކީ ބަތަލްއަށް އެއްވެސް ކަމަކަށް ނުވާނެއެވެ.

ބަތަލާ ކިޑްނެޕް ކުރާ ހާލަތެއްގައި ވެސް އޭނާ ހުންނާނީ އެންމެ ރީތި ހެދުން އަޅައިގެން ފުރިހަމަ މޭކަޕާއި އެކުގައެވެ.

ބަތަލްގެ ސިފަ އޮޅުވާލުމަށް ކުޑަކުޑަ ބަދަލެއް ގެނައި ނަމަވެސް އެއްވެސް މީހަކަށް އޭނާ ދެނެނުގަނެވޭނެއެވެ.

މުޅި ފިލުމުގައި އަމިއްލަ ގައުމުތައް ދެއްކި ނަމަވެސް ލަވަތަކުގެ ލޮކޭޝަނަކީ ކޮންމެވެސް ބޭރު ގައުމެކެވެ.

ފިލުމުތަކުގައި އެއްވެސް އުދަނގުލެއް ނެތި ކާރު ނުވަތަ ސައިކަލް ޕާކު ކުރާނެތަނެއް ލިބޭނެއެވެ.

މީގެއިތުރުން ވެސް ފިލުމުތަކުން ފާހަގަ ކުރެވޭ ކަންތައްތައް ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. 😁😁😁

  ހަބޭސް ވާހަކަ އެއް🤣🤣🤣

  30
  9
  • ސަނާ

   ކޮން ހަބޭހެއް ؟ އެހެން ނުވާނެ ކަމައް ފިލްމް ބަލައިގެންވެސް ނުވާނުން..
   މަށައް މޮޔައީ ފިލްމް ބާލާފަ އެވާހަކަ ދައްކާތީ..

   16
   3
 2. މަށޯ

  އިނގިރޭސި ފިލްމްތައްވެސް ހަމަ ތިފަދައެއް ނޫންތަ؟

  14
  4
 3. ސުޕަރމޭން

  ހިންދީ ފިލުމޭ ތިކިޔަނީ މަ އިނގިރޭސި ސީރީސްގަ ޓައިޓުމަތިން ޖަންގިޔާ ލައިގެން އުދުހޭތަން ނުދެކެންތަ. އެކަން ޖޯކަކަށް ނުވިކަން ނަސީބު ހަމަ

  20
  2
  • އައްޔާ

   އެއީ ކަލޭގެ އަމިއްލަ ދުނިޔޭގައި ކަލޭ އުޅޭގޮތް. މަތިން އަންޑަވެއަރ ލައިގެން. ނަސީބެއްނު ކަލޭގެ ޤައެުމުގެ އަންހެނުން ނުފެންނަކަން.

   1
   5
 4. ޟަރ

  ބަތަލަށްވަނީ އެހުރިހާ ކަމެެއް ކުރެވޭ މީހާ ވީމައޭ

  13
 5. ސަނާހް

  ތިދެން ވަރައް ހެއްވާ ވާހަކަ އެއް، ހަމަ ފެށޭ ތަނުން
  ނުބައިބައި މީހާ ފޮނުވާލާ ފުރަތަމަ އުންޑައިން ބަތަލް މަރުވަން އެދެންޏާ ކީއްކުރަން ފިލްމް ބަލަނީ ؟؟

  15
  1
 6. ސަރީފް

  ގޮޓް ބަލާބާ.. ތިޔަހެން ނުވާނެ

  6
  1
 7. ޒަމީރު

  ހަމައެކަނި ހިންދީ ފިލްމެއް ނޫން
  ހޮލީވުޑްގަވެސް،

  14
  1
 8. އަންނި

  ބަތޮލާއާއި ބަތޮލް ކިޔަނީ އެހެންވެ ކޮއްކޯ!

  11
  1
 9. އަންނި

  އަދި މީގެ މަދު ތަންކޮޅެއް ބަތޮލް މީހާ ބަގުވާނަށް ބަވާލީމަ ބަގުވާނަށް ކުޑަކަމު ދެވޭފަހަރުވެސް އާދެއެވެ ލޮލް

  13
  3
  • އަންހެނާ

   ހަމަ ތެދު ވާހަކަ އެއްްް ތިބުނީ.... މަ ހުންނަނީ ހީ ހީ ހަލާކުވެފަ... އެކަމު ހުރޭ ރީތި ފިލުމުވެސް..

   5
   1
 10. ފޯރި

  ސައުތު އިންޑިއާގެ ފިލްމުތައް ބަލާބަލަ ކަމެއް ކުރަންޏާ. ދޮންކެޔޮ ވަކެއް ބަނޑަށް ހަރާލާފަ މީހަކު މަރާލާ. ހަމަހުވާ އެއާ ބަލާފަ ހިންދީ ފިލްމުތައް ނުވާނެ އެކައްޗަކަށް ވެސް.

  5
  1
 11. ޖުޖު

  ރާއްޖޭގައިވެސް ހަމަ އެހެން.
  ފިލްމުގައި ގާޒީއަކުވަގަށް ނެގިޔަސް އޭނާ ސަލާމަތްވާނެ އަދި އެއަށްވވުރެ ބާރުގަދަކޮށް ހުންނާނީ.
  ފައިސާ ވަގަށްނަގާމީހާ ސިފަ ބަދަލުނުކުރިޔަސް ނޭނގޭ. އަދި މޮޅުކަމަކީ ކާކުކަންނޭގި އެޕާރޓްމެންޓް ހިފާފައިވެސް ބެހެއްޓޭކަން.