ވެބް ސީރީޒް ބަތަލާ ގެހަނާ ވަސިސްތު ވެބް ސީރީޒްތަކުގައި ބަރަހަނާ ކޮންޓެންޓްތައް ބޭނުން ކުރަމުންދާ ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފިއެވެ.

މުމްބާއީ ކްރައިމް ކްރައިމް ބްރާންޗުން މިދިޔަ ހޮނިހިރު ދުވަހު ގެހަނާ ހައްޔަރު ކުރުމާއި ގުޅިގެން މި މައްސަލާގައި ކުށްވެރިވާ އިތުރު ހަ މީހަކު ވެސް މިހާރު ވަނީ ހައްޔަރު ކުރެވިފައެވެ.

ބަރަހަނާ މަންޒަރުތައް ޝޫޓް ކުރުމާއި އަޕްލޯޑް ކުރުމާއި އަދި ވެބް ސީރީޒްތަކުގައި މިފަދަ ކޮންޓެންޓްތައް ބޭނުން ކުރުމުގެ ތުހުމަތުގައި ގެހަނާ ހައްޔަރު ކުރެވިފައިވާ ކަމަށް ފުލުސް އޮފިސަރަކު ވަނީ ޔަގީން ކޮށްދީފައެވެ.

މަލާޑުގައި މިދިޔަ ހަފްތާ ފުލުހުން ކުރިއަށް ގެންދިޔަ ރެއިޑްއެއްގައި ބަރަހަނާ ވީޑިއޯއެއް ކުރަމުން ދިޔަ ބަޔަކު ވަނީ ފެނިފައެވެ. އެތަނުގައި ވީޑިއޯ ކުޅުމުގައި ހަރަކާތްތެރިވި އަންހެނަކާއި ފިރިހެނެއް ފިޔަވައި އިތުރު ފަސްމީހަކު ތިބި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މިފަދަ ވެބް ސީރީޒް ސައިޓްތަކުގައި މަސައްކަތް ކުރާ މީހުން އެކްޓިން ދާއިރާއަށް ވަންނަން ބޭނުންވާ ކުދިންނަށް ރޯލުތައް ދޭނެ ކަމަށް ބުނެ މިފަދަ ވީޑިއޯތަކާއި މަންޒަރުތައް ކުޅުވާ ކަމަށް ވެސް ފުލުހުން ފާހަގަ ކޮށްފައިވެއެވެ. އަދި އިންސްޓަގުރާމު ފަދަ މީސް މީޑިޔާ ޕްލެޓް ފޯމްތަކުގައި މިކަމުގެ އިޝްތިހާރުތައް ކުރަމުންދާ ކަމަށް ވެސް ފާހަގަ ކޮށްފައިވެއެވެ.

މި މައްސަލައާއި ގުޅިގެން އިތުރު ބަޔަކު ހައްޔަރު ކުރެވޭނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ގެހަނާއަކީ ޓީވީ ސީރީޒްއެއް ކަމުގައިވާ ''ބެހެނޭ'' ގެ ލީޑް ރޯލުން ފެނިގެން ދިޔަ ބަތަލާއެވެ. މީގެއިތުރުން ގެހަނާ ވަނީ ''ދާލް މެއިން ކުޗް ކާލާ ހެ''، ''ލަކްނޯވީ އިޝްގް'' ފަދަ ފިލުމުތަކުގައި ވެސް މަސައްކަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލާދީނީ އަންނި

    ސަޅި.

    7
    2
  2. ސަޅިބެ

    ގެހަނާ ، ބަރަހަނާ، އަންހެނާ

    5
    2
  3. އައިމިނަ

    މި ރާއްޖޭގައިވެސް ދުވަސްކޮޅަކުން ކަންކަން މިހިސާބަށް ދާނެ. މިހާރުވެސް ނުދާކަމެއް ނޭނގެ.

    ޓިކްޓޮކް ، އިންސްޓަގްރާމް ގައި މަޝްހޫރުކަމަށް އެކިޔާ "މޮޑެލުން" އަމިއްލަ ޕްރޮފައިލްތަކުގައި ޙިއްސާކުރަމުންދާ ވީޑިއޯ ތަކާއި ފޮޓޯތަކަށް ބަލާލިޔަސް، މި ހަގީގަތް ވަރަށް ސާފުކޮށް ފެންނާނެ.

    ނިވާކަން ކުޑަވި ވަރަކަށް ލިބޭ މަޝްހޫރުކަން އިތުރުވެޔޯލަ. ހެޔޮ ވިސްނުން ދެއްވާށި! ):

  4. ބޯޖަލީލު

    ކޮބާ ކައިޒިން