ދުނިޔޭގެ އެތައް ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ނެށުންތެރިޔާ ނޯރާ ފަތޭހީގެ އާ ލަވައެއް އަނެއްކާ ވެސް ނުކުމެއްޖެއެވެ.

ނޯރާ އެންމެ ފަހުން ނެށި އެ ލަވައަކީ "ޗޯޅު ދޭގޭ" ގެ ނަމުން ނަންދީފައިވާ ޕަރަމްޕަރާ ޓަންޑަންގެ ލަވައެކެވެ. އެހެން ލަވަތަކާ ހިލާފަށް މި ލަވަ އިން ނޯރާގެ ނެށުމުގެ މާ ގިނަ ހަރަކާތްތަކެއް ނުފެނެއެވެ. މި ލަވައިގެ ބޮޑު ބަޔަކުން އޭނާ ފެނުނީ "ރޮމޭންޓިކް" ކޮށެވެ.

އެކަމަކު، ލަވައިގެ ބައެއް ހިސާބުތަކުގައި އޭނާގެ ނެށުމުގެ ފަރި ހަރަކާތްތައް ވެސް ފެނިފައިވެއެވެ.

މި ލަވައިގެ މިއުޒިކް ވެސް ހެދީ ނެށުމުގެ ދާއިރާގައި އެފަދަ ދެ ވަނަ އެއް ނުވާ ނޯރާއެވެ.

"ދިލްބަރް ދިލްބަރް" އިން މަޝްހޫރުވެގެން ދިޔަ މޮޅު ނެށުންތެރިޔާ ނޯރާ އަށް އެތައް ބަޔަކު ހިތް ކިޔަމުންދާ އިރު މި ލަވަ ނުކުމެފައި ވަނީ އޭނާގެ އިތުރު ފެނިލުމެއްގެ އިންތިޒާރުގައި އެތައް ބަޔަކު ތިއްބައެވެ.

ހިތްގައިމު އެތައް ލަވައަކުން ފެނިގެން ގޮސްފައިވާ ނޯރާ ނަށާފައިވާ ލަވަތަކުގެ ތެރޭގައި "ދިލްބަރް ދިލްބަރް"، "އޯ ސާކީ ސާކީ"، "ހަޔޭ ގަރްމީ" ފަދަ ލަވަތައް ހިމެނެއެވެ. އެންމެ ފަހުން ނޯރާ ފެނިގެން ދިޔައީ "ނާޗް މެރީ ރާނީ" ގެ މިއުޒިކް ވީޑިއޯ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢަލީ

    ބަލާކަށް ބޭނުމެއްނޫން

    13
    3
  2. ގެރިމޯދީ

    ކޮންމެވެސް އެހެން ކަމަކާއިގެން އުޅެބަދޯ... މީދެން ޙަބަރެއްތަ ނޫނީ އަރަތެއްތަ!! ބުރާންތި.

    11
    2
  3. ޢަލީ ނަޢީމް

    އަދި ނުބަލަން

    5
    1
  4. Anonymous

    ލަވަ ބެލުމަކީ ކަޑައެޅިގެން ހަރާމް ކަމެއް ޖާހިލުންތަކާ. މިއޮތީ ރަސޫލާ ގެ ހަދީޠް ގައި އޮތް ދުވަސް އައިށައެވެ.ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނުގެ އުއްމަތުގެ ބައެއްމީހުން ޒިނޭކުރުމާއި ފަށުވިފޭރާން ލުމާއި މަޢާޒިފް ( ލަވަކިޔުމަށް ބޭނުންކުރާ ސާމާނު ) ޙަލާލުކުރާނެއެވެ.އަދި ނަބިއްޔާ ޞައްލަﷲ އަލައިހި ވަސައްލަމަގެ ޙަދީޘްގައިވާ ފަދައިން يستحلون ގެ މާނައަކީ މިހުރިހާ އެއްޗިއްސަކީ އަސްލުގައި ޙަރާމް އެއްޗެހިކަމުގައެވެ. އެހެން ނަމަވެސް މީސްތަކުން އެއެއްޗެހި ހަލާލުކުރާނެއެވެ. އިތުރު ފާފަ ތަށް ކުރުމަށް މަގުފަހި ނުކޮއް ތިބޭ.. ﷲ ހަރާމް ކުރެއްވި ކަންކަމަށް މިއަދު ފަސް އަޅާ ފޮރުވި ކަމުގައި ވީ ނަމަވެސް މާދަމާ ތިބާ އެ ފަސްގަނދު ދަށައް ދާންޖެހިދާނެ..

    12
  5. އޮޅުވާލި ވޯޓު

    ކޮމްމެހެން ޖެހޭތަ އައުރަ ނިވާނުކޮއް ހުރިމީހެއްގެ ނެށުންބަލަން ބޭނުމެނޫން ބަލާކަށެ

    8
    1
  6. އައިމިނަ

    وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَنْ سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُواً أُولَئِكَ لَهُمْ عَذَابٌ مُهِينٌ [لقمان:6]

    މާނައީ: "އަދި މީސްތަކުންގެ ތެރޭގައި ވިޔާނުދާ ވާހަކަތައް ގަނެ ފަތުރާބަޔަކުވެއެވެ. އެއީ އެއްވެސް ޢިލްމަކާއި ނުލައި މާތް ﷲގެ މަގުން މީސްތަކުން ދުރުކުރުމަށްޓަކައެވެ. އަބައިމީހުންނަށް ވޭންދެނިވި ޢަޛާބު ހުއްޓެވެ."

    ބިރުހުރި ކަމެއް! މިފަދަ ޚަބަރުތައް ނުފެތުރުމަށް ވަގުތު ޓީމަށް ގޮވާލަން!

  7. މަރީ

    މަކުރި ކޮމެންޓު ގެނެސްނުދިން. ވަގުތު ފެއިލް