ބޮލީވުޑުގެ މެގަސްޓަރ ސަލްމާން ޚާންއާއި ކައިވެނި ކުރުމަށް ބޭނުންވި ކަމަށާއި އެކަމަށްޓަކައި އޭނާ ކުރި ކަންތަކާއި އަދި ސަލްމާނާއި ކައިވެނި ނުކުރެވުނު ސަބަބު ސަލްމާންގެ ކުރީގެ ލޯބިވެރިޔާ ސޯމީ ޢަލީ ހާމަކޮށްފިއެވެ.

މިއާމިގައި އުޅެ ބޮޑުވި ޕާކިސްތާނަށް އުފަން ސޯމީ ބުނެފައިވަނީ ސަލްމާން ޚާންގެ ފިލުމު ''މެއިނޭ ޕިޔާރު ކިޔާ'' ބެލުމަށް ފަހު އޭނާ ސަލްމާނާއި ކައިވެނި ކުރަން ބޭނުންވި ކަމަށެވެ. ފިލުމު ބެލި ދުވަހު އިންޑިޔާއަށް ދާން ބޭނުންވާަ ކަމަށް ސޯމީގެ މަންމަ ގާތު ބުނުމުން އެތައް އާދޭހެއް ކޮށްގެން ވެސް އެކަމަށް ހުއްދަ ނުލިބުނެވެ.

އެހެންކަމުން އޭނާ ދެން އާދޭސް ކުރީ އޭނާގެ ބައްޕަ ގާތުގައެވެ. ނަމަވެސް އިންޑިޔާއަށްދާ އަސްލު ސަބަބު ފޮރުވުމަށްފަހު އިންޑިޔާގައި ތިބި އާއިލާ މީހުންނާއި ބައްދަލުކޮށް ތާޖުމަހަލް ބަލައިލުމުގެ ހުވަފެންތައް ހަގީގަތަކަށް ހަދަން ބޭނުންވާ ކަމަށް ބުނެ ސޯމީ އިންޑިޔާގެ މުމްބާއީއަށް އައެވެ.

މުމްބާއީގައި ފަސްތަރީގެ ހޮޓެލެއްގައި ބައްޕައާއި އެކު ހުރުމަށްފަހު އޭނާގެ ބައްޕަގެ ވިޔަފާރީގެ ކަންތައްތައް ބެލެހެއްޓުމަށް އެނބުރި މިއާމިއަށް ސޯމީގެ ބައްޕަ ދިޔައެވެ.

އެއިރު އުމުރުން 16 އަހަރުގެ ސޯމީ އެކަނި ހޮޓެއްލެގައި ހުންނަން ޖެހުމުން ދިމާވި ކަންތައްތަކާއި ދިމާވި ބައެއް މީހުންގެ ސަބަބުން އޭނާގެ ފިލުމީ ކެރިއަރާއި އަދި އޭނާގެ ލޯބީގެ ގުޅުން ވެސް ނިމުމަކަށް އައިކަމަށް ސޯމީ ބުނެފައިވެއެވެ. އެހެން ބައެއްގެ ވާހަކަތައް އަޑުއަހައި ސަލްމާނާއި އޭނާގެ ގުޅުން ނިމުމަކަށް އައީ ކަމަށް ވެސް ސޯމީ ބުނެފައިވެއެވެ.

އެއިރު އެކްޓިންއަށް އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށާއި ހަމައެކަނި އަމާޒަކަށްވީ ސަލްމާން ޚާނާއި ކައިވެނި ކުރުން ކަމަށް ވެސް ސޯމީ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހަސަނު

    ހަމަ އެއްގޮތަކަށް ވެސް ވީނުވީއެއް ނޭގުނު.

    88
  2. ޢަޖައިބް

    މިވެސް ދެން ހަބަރެއްތަ؟

    36
    1
  3. ސަންގީތާ ބިޖިލާނީ

    ސަލްމާނު އެހެން މީހަކާ ހިތާވީ

  4. ޝާނީ

    މަށަށްވެސް މެއިނޭ ޕިޔާރް ކިޔާ ބަލާފަ💘 ސަލްމާން ހާން ދެކެ ލޯބިވެވުން😙😙

    6
    1
  5. ރޫހީ

    ހޯހޯހޯ ކިޔުހޮތުމް ޝަރްމާއިހުވީސީ ލަގްތީހޯކުޗް ގަބްރާއިހުވީސީ....... މެރޭ ސަވާލޯންކާ ޖަވާބްދޯ... ދޯނާ.

  6. ކޭއެފްސީ

    ވާއެއް ނުވާއެއް ނޭގުނު ތި ހަބަރަކުން

  7. ޝާފީ ރ

    ސަލްމާން އަކީ އިންނާނެ މީހަކު ނުވެފަ ހުރި މީހެއް. ރާ ބޯލެ ގިނަ ވެފަ ރުޅިގަދަވީމަ.