2021 ވަނަ އަހަރު ދުނިޔެ ހުރަސް ކުރާނެ އެންމެ ބޮޑު އަދި އެންމެ ނުރައްކާތެރި ގިނިހިލަ އަންނަ މާރޗުމަހުގެ 21 ވަނަ ދުވަހު ދުނިޔެ ހުރަސް ކުރާނެ ކަމަށް ނާސާއިން ބުނެފިއެވެ.
2001 އެފް032 ގެ ނަމުން ނަން ދެވިފައިވާ މި ގިނިހިލައަކީ އިރު ވަށައިގެން ދަތުރު ކުރާ ކުދިކުދި އޮބްޖެކްޓްތަކުގެ ތެރެއިން ނުރައްކާތެރި އެއް އޮބްޖެކްޓެވެ. މި ފަދަ އޮބްޖެކްޓްތަކަކީ ދުނިޔެއާއި ގާތްގަނޑަކަށް 30 މިލިއަން މޭލު ދުރުގައި ހުންނަ އޮބްޖެކްޓް ތަކަކެވެ.
މިފަދަ ކުދިކުދި އޮބްޖެކްޓްތަކުގެ ތެރެއިން މިހާތަނަށް ހޯދިފައިވަނީ 25،000 އޮބްޖެކްޓް ކަމަށް ނާސާއިން ބުނެފައިވެއެވެ. އަދި މީގެތެރެއިން 2،100 އޮބްޖެކްޓަކީ ނުރައްކާތެރި ތަކެތި ކަމުގައި ނާސާއިން ވަނީ ފާހަގަ ކޮށްފައެވެ. މާރޗު މަހު 21 ގައި ވެސް ދުނިޔެ ހުރަސް ކުރާނީ ނުރައްކާތެރި ގިނިހިލައިގެ ތެރެއިން ގިނިހިލައެކެވެ.
ނުރައްކާތެރި ގިނިހިލައިގެ ގޮތުގައި ފާހަގަ ކުރާ ގިނިހިލަތަކަކީ އިރާއި ދުނިޔެ އެއް މިސްރާބަކުން 4.6 މިލިއަން މޭލުން ދަތުރު ކުރާ ގިނިހިލަތައް ކަމަށް ވެސް ނާސާއިން ބުނެފައިވެއެވެ.
ސީއެންއީއޯއެސްގެ ޑައިރެކްޓަރ ޕައުލް ޗޯޑަސް ބުނެފައިވަނީ ކުރިއަށް އޮތް ގަރުނުގެ ތެރޭގައި މިފަދަ ގިނިހިލަތައް ދަތުރު ކުރާ ގޮތް ދެނެގަތުމަށް ލިބޭނެ ހަމައެކަނި ފުރުސަތަކީ މިއީ ކަމަށެވެ.
ނުރައްކާތެރި ގިނިހިލައިގެ ގޮތުގައި ނާސާއިން ނިންމަނީ އެ ގިނިހިލައެއް ދުނިޔެއާއި އެންމެ ކައިރިއަށް އާދެވޭ އަދި ދުނިޔެއަށް އެންމެ ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް އަންދާޒީ ހިސާބުތަކުން ދައްކާ ގިނިހިލަ ތަކެވެ.
މިހާރު މި ގިނިހިލަ ވަނީ ދުނިޔެއާއި 1.2 މިލިއަން މޭލު ދުރުގައި ކަމަށް ނާސާއިން ބުނެފައިވެއެވެ.
ކިހާ ދެރަކަމެއް އޮބްޖެކްޓް އޮބްޖެކްޓް އޮބްޖެކްޓް އޮބްޖެކްޓް އޮބްޖެކްޓް އޮބްޖެކްޓް އޮބްޖެކްޓް