އުކުނޑި ކޮއްޓުމަކީ ކޮންމެ މީހަކުވެސް ތަޖުރިބާކޮށްފައިވާ އުނދަގޫ އަދި ރުޅިގަދަވާ ކަމެކެވެ.

މިކަން މެދުވެރިވާން ދިމާވަނީ ޑައިފްރަމްގައި ހުންނަ މަސްތަކަށްވާ ބުނެދޭން ނޭނގޭ ބާރުގަދަ އިހުސާސްއަކުންނެވެ. މިކަން ހިނގަން މެދުވެރިވާ ސަބަބު ސީދާ ބުނެދޭކަށް ނޭނގެއެވެ. ސަބަބަކީ އެކި މީހުންނަށް މިކަންތައް މެދުވެރިވަނީ އެކި ސަބަބުތަކާ ހުރެ ކަމަށްވާތީއެވެ. ބައެއް މީހުން ތަންކޮޅެއް ކުޅިކޮށް ކެވުމުގެ ސަބަބުން ވެސް އުކުނޑި ކޮއްޓާ ގޮތް މެދުވެރިވެއެވެ.

އެހެން މީހުން ތަންކޮޅެއް އަވަސް އަރުވާލައިގެން ކެއުމުގެ ސަބަބުން ވެސް މިހެންވެއެވެ. ބައެއް ފަހަރަށް ބައެއް މީހުން ދެރަވެ ބިރުގަނެ ކަންބޮޑުވުމުގެ ސަބަބުން އުކުނޑި ކޮއްޓާ ގޮތް ވެސް މެދުވެރިވެއެވެ.

މިކަމަކީ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ރަނގަޅު ވެގެންދާ އަދި އެއްވެސް ގެއްލުމެއް ނުވާ ކަމެކެވެ.

އުކުނޑި ކޮއްޓުމާ ކުރިމަތިވެއްޖެ ނަމަ ފަސޭހައިން ކުރެވިދާނެ ކަންކަން އެބަހުއްޓެވެ.

  • ނޭވާ އެތެރެއަށް ހިފަހައްޓާފައި ދިރުވާލުން.
  • މަޑުމަޑުން ނޭވާ ލުމަށްފަހު ކުޑަ އިރުކޮޅަކަށް ނޭވާ ހިފަހައްޓާލުން.
  • ނޭވާ ހިފަހައްޓައިގެން 20 ސިކުންތު މަޑުކޮށްލުން
  • ކަރުދާސް ކޮތަޅެއްގެ ތެރެއަށް ނެވާލުން.
  • ނޭފަތާއި އަނގަ ބަންދުކުރުމަށްފަހު ނޭވާލާން މަސައްކަތް ކުރުން.
  • އިށީނދެގެން ހުރެ ކަކުލުގައި ދެ މިނިޓް ވަންދެން ހިފެހެއްޓުން.
  • ވަރަށް އަވަހަށް ފެން ތައްޓެއް ބޮއެ ހުސްކުރުން.
  • ނޭވާ ހުއްޓާ ނުލާ ފެންތައްޓެއް ބޯލުން
  • އައިސް ކިއުބެއް މަޑުމަޑުން އިނދެ ބޯލުން.
  • ސަމުސަލެއްގެ ހަކުރު ކެއުން.
  • ވިނިގާ ފޮދެއް ދޫމައްޗަށް އަޅާލުން.
  • ކަނދުރާ ރަނގަޅަށް މަސާޖްކޮށްލުން.

އުކުނޑި ކޮއްޓާތާ ގިނައިރު ވެއްޖެ ނަމަ ނުވަތަ އެއް ދަވަހަށް ވުރެ ގިނަ ވެއްޖެނަމަ ވީ އެންމެ އަވަހަކަށް ޑޮކްޓަރަކަށް ދައްކަންވާނެއެވެ. ބައެއް ފަހަރު އެ ކަމަކަށް ނުވިކަމުގައި ވިޔަސް ފަހަރެއްގަ ސީރިއަސް މައްސަލައެއްގެ އިޝާރާތަކަށް ވެސް ވުން އެކަށީގެންވެއެވެ.

އުކުނޑި ކޮއްޓާ ވަގުތު އެއްވެސް ކަހަލަ ތަދެއް އިހްސާސްވާ ނަމަ ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދެއްކެވުން ބުއްދިވެރިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަނާ

    އޭ! އަހުން އަހަނީ އުކުޑި ކޮއްޓައޭ ކިޔާ އަޑު .

  2. ޑރ.ނަސީމާ

    އެންމެ އިފެކްޓިވް ގޮތް ނެތް ލިޔެފަ،
    އެއީ ފެންތައްޓެއް އަޅަފަ ކޮޅައްހުރެ، ފެންބޯތަށީގެ ދުރު ކޮޅުގަ އަނގަޖަހާފަ މަޑުމަދުޑުން ގުދުވަމުން ފެންބޮއެ ހުސްކުރުން...

    މިޔައް ވުރެެ އިފެކްޓިވް އެއްވެސް ގޮތެއް ހޯދިފައެއްނެތް