މީސް މީޑިޔާގައި އެންމެ ހަރަކާތްތެރި ފަންނާނުންގެ ތެރެއިން ފާހަގަ ކޮށްލެވޭ އެއް ފަންނާނަނީ ފިލުމު ''ހީރޯޕަންތީ'' އިން ބޮލީވުޑަށް ތަޢާރަފްވި ޓައިގަރ ޝްރޯފްއެވެ.

ނެށުމުގެ ވީޑިއޯތަކާއި ޖިމްގެ ވާރކްއައުޓްތަކުގެ ފޮޓޯތަކާއި ވީޑިއޯތައް މީސް މީޑިއާގައި ހިއްސާކޮށް ޓައިގަރ ދަނީ އޭނާގެ ސަޕޯޓަރުން އުފާ ކޮށްދެމުންނެވެ. ތަފާތު ސްޓަންޓްތަކުގެ ފޮޓޯތައް ވެސް ޓައިގަރގެ އިންސްޓަގުރާމު އެކައުންޓުން އަބަދުވެސް ފެނިގެންދެއެވެ.

ނެށުމާއި ޖިމްގެ ވާރކްއައުޓް ތަކުގެ ފޮޓޯތައް އެއް ފަރާތް ކޮށްލައި މިދިޔަ އާދީއްތަ ދުވަހު ޓައިގަރގެ އިންސްޓަގުރާމު އެކައުންޓުގައި އޭނާ ވަނީ އެންމެ ފަހުން ރާއްޖެއައި އިރު ޕޫލެއްގައި ނަގާފައިވާ ފޮޓޯއެއް ހިއްސާ ކޮށްފައެވެ.

އިންސްޓަގުރާމުގައި މި ފޮޓޯ ހިއްސާކޮށް ޓައިގަރ ބުނެފައިވަނީ ''ކޮންމެ އާދިއްތަ ދުވަހެއް ވެސް އެގޮތަށް ލިބޭނެ ނަމަ'' އޭ މިގޮތަށެވެ. ރަތް ކުލައިގެ ސޯޓެއް ލައިގެން ޕޫލެއްގައި ފޮޓޯއަކަށް ހުއްޓިލައި ޓައިގަރ ހުރީ އޭނާގެ އެބްސްތައް ވެސް ދައްކައިލައިގެންނެވެ.

ޓައިގަރގެ މި ފޮޓޯއަށް ވަނީ ގިނަ ބައެއްގެ ލޯބި ލިބިފައެވެ. އޭނާގެ ސަޕޯޓަރުންނާއި ފޮލޯވަރުން މި ފޮޓޯއަށް ލައިކް ޖަހާ ކޮމެންޓް ކޮށްފައިވާ އިރު އޭގެތެރޭގައި ޓައިގަރގެ ލޯބިވެރިޔާކަމަށް އަޑު އަރާފައިވާ ދިޝާ ޕަޓާނީ ވެސް ހިމެނެއެވެ.

އަދި މީގެ އިތުރުން ޓާއިގަރގެ ދައްތަ ކްރިޝްނާގެ ކުރީގެ ލޯބިވެރިޔާ އެބަން ހިޔަމްސް ބުނެފައިވަނީ ޓައިގަރގެ މި ފޮޓޯއިން އިންޓަނެޓް ވެސް ފުޑާލެވޭނެ ކަމަށެވެ.

ޓައިގަރގެ ފިލުމީ މަސައްކަތަށް ބަލާއިރު ދެން އެންމެ އަވަހަށް ފެނިގެންދާނީ ތާރާ ސުތާރިއާއާއި އެކު ފިލުމު ''ހީރޯޕަންތީ 2'' އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޓައިގްރެސް

    ތީނަ އެހާއެއްނޫން އަސްލު، ސަލްވަޓޯރ ބްރަދާރސް ހަމަ އެންމެ ސަޅީ✌️

  2. ގޫދޯ

    ތީނަ އެހާއެއްނޫން އަސްލު، ސަލްވަޓޯރ ބްރަދާރސް ހަމަ އެންމެ ސަޅީ✌️