ނަސްލީ ތަފާތު ކުރުންތަކަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ވަރަށް ބޮޑަށް އޮންނަ ކަމެކެވެ. ވަކީން ހާއްސަކޮށް ކަޅު މީހުންނާއި މެދު މީހުން ދެކޭ ގޮތް ވަރަށް ތަފާތެވެ.

ބޮލީވުޑުގެ ޑައިރެކްޓަރ، ކޮރެޔޯގުރާފަރ ރެމޯ ޑިސޫޒާގެ ފުރާވަރުން ފެށިގެން އޭނާއަކީ ކަޅު މީހެއް ކަމަށް ބުނެ ތަފާތު ނަންނަމުން މީހުން އޭނާއާއި މުޚާތަބުކޮށްފައިވާ ކަމަށް ރެމޯ ބުނެފައިވެއެވެ.

ތަފާތު ނަންނަމުން މުޚާތަބު ކުރުމުން ވެސް އެކަމާ އަޅާނުލާން ހުރި ރެމޯ އެންމެ ފަހުން އޭނާގެ ދިފާޢުގައި ނިކުތުމަށް އަޒުމު ކަނޑައެޅިއެވެ.

މިއަދު ރެމޯއަށް ލިބިފައިވާ ކާމިޔާބީ ހޯދުމަށް އޭނާ ޝައުގުވެރިވީ އޭނާ ކަޅު ކަމުން މީހުން ކުރި މަލާމާތްތަކުގެ ސަބަބުންނެވެ. އޭގެ ސަބަބުން ކާމިޔާބު މީހަކަށް ވާން ބޭނުންވީ، ކާމިޔާބު މީހަކަށް ވުމަށްފަހު އެފަދަ ފާޑުފާޑު ނަންނަމުން މުޚާތަބު ކުރަން މީހުންނަށް ނުކެރޭނެތީ ކަމަށް ވެސް ރެމޯ ބުނެފައިވެއެވެ.

ނަސްލީ ތަފާތު ކުރުންތަކަކީ މިހާރު ވެސް ވަރަށް ބޮޑަށް އޮންނަ ކަމެއް ކަމަށާއި ވަކީން ހާއްސަކޮށް މިކަންތައްތައް ފާހަގަ ކުރެވެނީ ކުދިކުދި އަވަށްތަކުން ކަމަށް ވެސް ރެމޯ ބުނެފައިވެއެވެ.

އިންޑިޔާގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިޔާއަށް ދިން އިންޓަވިއުއެއްގައި ރެމޯ ބުނެފައިވަނީ އޭނާގެ ހަމުގެ ކަޅުކަމުން ކުޑައިރުއްސުރެ އެތައް ކަމަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި ގައުމުން ބޭރަށް ދަތުރު ކުރާ ކޮންމެ ފަހަރަކު ވެސް ހިތި އެތައް ތަޖުރިބާއެއް ކުރަން ޖެހުނު ކަމަށެވެ.

ދާދި ފަހުން ހާޓް އެޓޭކެއް ޖެހިފައިވާ ރެމޯ އެއްކޮށް ރަނގަޅު ވުމަށްޓަކައި އަދި ވެސް ދަނީ ފަރުވާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޥަނީ

    ވަގުތުން ކީވެތަ މުސްރިކުންގެ ވާހަކަ ގެނެސްދެނީ؟

    3
    3
  2. ޖަންގަލި

    އަހަރެން ގަންނަންމިޖެހެނީ މުސްރިކަކު އުފެއްދި ލޯޝަން ފުޅިއެއް. ބޭސްގުޅައެއް. ފައިވާނެއް ފީނެއް ސައިކަލެއް. ދެން ދެން ....

    1
    1