ދުނިޔޭގެ މަޝްހޫރު މޭކަޕް ކުންފުނީގެ ވެރިޔާ ކައިލީ ޖެނާ ފުރަތަމަ ފަހަރަށް އޭނާގެ ބައްޕަ މޭކަޕްކޮށް ދީފިއެވެ.
އުމުރުން 71 އަހަރުގެ ކެއިޓްލީން ޖެނާ އޭނާގެ ޔޫޓިއުބް ޗެނަލަށް ލާފައިވާ ވީޑިއޯ އިން ފެނިގެން ދަނީ އޭނާގެ އެންމެ ހަގު ދަރިފުޅު ކައިލީ ޖެނާ މޭކަޕްކޮށް ދޭ މަންޒަރެވެ. އަދި މިއީ ފުރަތަމަ ފަހަރަށް ކައިލީ އޭނާގެ ބައްޕަ މޭކަޕް ކޮށްދޭ ފަހަރެވެ.
ބައްޕަ މޭކަޕް ކުރުމުގައި ކައިލީ ބޭނުންކޮށްފައި ވަނީ އޭނާގެ އަމިއްލަ މޭކަޕް ކުރާ ސާމާނަށްވާ އިރު މި މޭކަޕް ކުރީ ކައިލީ ކޮސްމެޓިކްސް އޮފީސް ތެރޭގައެވެ.
ކުރީގެ އޮލިމްޕިއަން އެއް ކަމަށްވާ ކެއިޓްލީން ޖެނާ ކައިލީ އާއެކު ވީޑިއޯގައި ހުރީ ދެމީހުން އެއް ކުލައެއްގެ ހެދުން ލައިގެންނެވެ. ކައިލީ ހުރީ އޭނާގެ ބައްޕަ ކްރިސްމަސްގައި ދިން ކަރުގަ އަޅާ ފަށް އަޅައިގެންނެވެ. ކެއިޓްލީން ވެސް ހުރީ ހަމަ އޭގެ ފަށެއް އަޅައިގެންނެވެ.
ކައިލީ ބުނީ އޭނާ ކުޑައިރު ޔޫޓިއުބިން މޭކަޕް ކުރާ ވީޑިއޯތައް ބަލާ ކަމަށާއި ބައްޕަ އަމިއްލައަށް ވަރަށް މޮޅަށް މޭކަޕް ކުރާ ކަމަށެވެ. ކެއިޓްލީން ބުނީ ކައިލީ އުފަންވުމުގެ 30 އަހަރު ކުރިންވެސް އޭނާ މޭކަޕް ކުރާ ކަމަށެވެ.
އަހަންނަށް ހީވަނީ އޮޅުމެއް އެބަ އުޅޭ ހެން. ބައްޕަ އެއް ނޫން މަންމަ. ރަނގަޅު ކޮށްލަ ދެއްވާ ...ދެތިކި ޕީ
އެއީ ކައިލީގެ ބައްޕަ... ކައިލީގެ ބައްޕަ އަކީ ޖިންސު ބަދަލުކޮއްގެން އުޅޭ މީހެއް.
އެއީ ފިރިހެނެއް އަމިއްލަ އަށް ޖިންސް ބަދަލުކޮށްގެން ހުޅަގުޔގެ ގައުމުތަކުގައި އެއްޖިންސުގެ ކައިވެނި ޖިންސް ބަދަލުކުރުން ޖަނަވާރުންނާއި ކައިވެނި ކުރުން ފުރަގަސްފަރާތުން ޖިންސީ ގުޅުން ހިންގުން އަމިއްލަ ނަފްސާއި ކައިވެނި ކުރުން ހުއްދަކޮއްފަ ހުރީ ރާއްޖޭގެ ބުއްޅަބޭ ކެނެރީގެ ބުއްޅަބޭ ވެސް ބޭނުންވާ ގޮތް މިރާއްޖޭގައި ހިންގަން
ތިތަނުން ބައްޕަ ވަކިކުރަނީ ކިހިނެތް؟
މީ ދެން މުސްލިމް ގައުމެއްގެ ނޫހުގަ ޖަހާ އެއްޗެހިތަ
އެއީ ޖިންސް ބަދަލު ކޮއްފަ ހުރމީހެއް.އަސްލު ފިރިހެނެއް އެއީ
އަލީ މަށަށްވެސް ހީވޭ މަންމަ ހެން އެކަމަކު ިޔެފައިވާނީ ބައްޕައޭ
އޭނާގެ ބައްޕަޔަކީ މިހާރު ޖިންސް ބަދަލުކޮށްގެން އުޅޭ ފިރިހެން އަންހެނެއް.
އޭނަ ބައްޕައަކީ އަންހެނެއްތަ؟