ބޮލީވުޑްގެ މަޝްހޫރުތަރި ރާޖިވް ކަޕޫރު މަރުވެއްޖެއެވެ. ރިޝީ ކަޕޫރުގެ ކޮއްކޮ ކަމަށްވާ ރާޖިވް ކަޕޫރު މަރުވެފައި އަންގާރަ ދުވަހު ހާޓް އެޓޭކެއް ޖެހިގެންނެވެ. އޭނާ މަރުވި އިރު އުމުރަކީ 58 އަހަރެވެ.

ރިޕޯޓްތަށް ބުނާގޮތުގައި، ހާޓްއެޓޭކެއް ޖެހިގެން ރާޖީވް ގެ ބޭބެ ރަންދީރު އޭނާ ގޮވައިގެން އިންލަކްސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައެވެ.

އޭނާ ގެންދިޔަ ހޮސްޕިޓަލަކީ މުމްބާއީގަ އެމީހުން ދިރިއުޅޭ ގެއާ ކައިރި ތަނެކެވެ.

ރާޖީވް އާއި ބެހޭގޮތުން ވާހަކަ ދައްކަމުން ރަންދީރު ބުނެފައިވަނީ ޑޮކްޓަރުން ރާޖިވް ސަލާމަތް ކުރުމަށް ވަރަށް މަސައްކަތް ކުރިކަމަށާއި ނަމަވެސް ފުރާނަ ސަލާމަތް ނުކުރެވުނު ކަމަށެވެ.

ރާޖީވް އާއްމުންނަށް ބޮޑަށް އިނގޭނީ 1985 ވަނަ އަހަރު ތެރޭގައި ނެރުނު ރާމް ތެރީ ގަންގާ މައިލީ އާއި 1983 ވަނަ އަހަރު ނުކުތް އޭކް ޖާން ހާއި ހަމް ހިމެނެއެެއެވެ. އޭނާއަކީ ޕްރޭމް ގަރްންތް ފިލްމް ޑައިރެކްޓް ކުރި ފަރާތްވެސް މެއެވެ.