އިސްރާއީލުން މާރސްއަށް ދާން ތައްޔާރުވަމުން ދާކަމަށް އެޤައުމުގެ ސައިންސާއި ޓެކްނޮލޮޖީއާއި ބެހޭ މިނިސްޓްރީއިން ބުނެފިއެވެ.

އިސްރާއީލްގެ ސައިންސާއި ޓެކްނޮލޮޖީއާއިބެހޭ މިނިސްޓްރީއިން ބުނީ "ދަ ރެޑް ޕުލެނެޓް" މާރސްއަށް ދިއުމަށް ތައްޔާރުވުމަށް ހަތަރު ދުވަހުގެ މިޝަންއެއް ޖައްސާފައިވާކަމަށެވެ. މިމިޝަން ޖައްސާފައިވަނީ އިސްރާއީލްގެ މީހުން ދިރިނޫޅޭ ހިސާބެއްކަމަށްވާ "ނެގިވް" ސަހަރާގައެވެ. ހަތަރު ދުވަހަށް ދެމިގެންދިޔަ މިޝަންގައި އިސްރާއީލްއިން މާރސްއަށް ގޮސް ކުރާނެ ކަންތައްތަކުގެ ނަމޫނާވަނީ ކުޅެފައެވެ.

ހެބްރޫ ޔުނިވަރސިޓީގެ ލެކްޗަރަކު ބުނީ، މމިޝަންއަކީ ހަމައެކަނި ކުރިޔަށް ރޭވިފައިއޮތް މާރސްގެ ދަތުރަށް ތައްޔާރުވުން ނޫންކަމަށާއި، އިސްރާއީލްގެ ދަރިވަރުން ޖައްވީ ކަންތަކަށް ޝައުގުވެރި ކުރުވުންވެސް މިއީ މިމިޝަންގެ ބޭނުމެއް ކަމުގައެވެ.

ހަތަރު ދުވަހަށް ދެމިގެންދިޔަ މިމިޝަން މިހާރު ނިންމާލާފައިވާއިރު، މިއީ އިސްރާއީލުން މިފަދަ ގޮތަކަށް ކުރިޔަށް ގެންދިޔަ ފުރަތަމަ މިޝަންއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޔަރި

    ތި މާސްއަށް ފޮނުވާ ރޮކެޓް ގޮސް ވެއްޓޭނީ ފަލަސްތީން ނުވަތަ ކޮންމެވެސް މުސްލިމު ބިމަކަށް. ތިކުޅޭ ކުޅިވަރު އިނގޭ

  2. ނަތަންޔާހޫ

    ކަލޭމެން ފޮނުވާބަޔަކު މާސްއާ ހަމައަށް ނުދެވެނީސް އިބުލީ އުޑުންވެއްޓިގޮތަށް ވެއްޓިއްޖެއީޔާ ވަރަށް ސަޅިވާނެ!