ޓީޗަރަކަށް ބިރު ދައްކައި މަރާލާނެކަމުގެ އިންޒާރުދިން ދަރިވަރަކު ހައްޔަރުކޮށްފިއެވެ.

ކެލެފޯނިއާގެ އަވަށަކުން މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖެކެވެ.

އޮފިޝަލުން ބުނެފައިވާގޮތުގައި، އެކުއްޖާ އަންހެން ޓީޗަރަކަށް މަރުގެ އިންޒާރު ދިނީ ސްކޫލުުގައި ކަމަށާއި، އެއަށްފަހު ސްކޫލުގެ ފަރާތުން އެކަން ކަމާއި ބެހޭ އިދާރާތަކަށް ހުށަހެޅުމާއި އެކު އެ އިދާރާތަކުން ޙަރަކާތްތެރިވާން ފެށިކަމަށެވެ.

އެއަށްފަހު، އެ ކުއްޖާ ހޯދައިގެން އޭނާ އާއި ސުވާލުކޮށް، ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅެމުންދިޔަ ގެ ބަލައި ފާސްކުރުމުގައި ވަޒަން ހުރި ބަޑިއެއް ފެނުމުން ކަމަށެވެ. މި ބަޑިއަކީ މީގެ ކުރިން ކެލެފޯނިއާގެ ސިޓީއަކުން ވަގަށް ނަގާފައިވާ ބަޑިއެއްކަން ވަނީ ހާމަވެފައެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް އެ ފިރިހެންކުއްޖާ ގެންދިޔައިރު، އޭނާގެ މައިންބަފައިން ވަނީ އޭނާ ހަތިޔާރު ގެންގުޅޭކަން ކުރިން އެނގިފައިނުވާ ކަމަށް ބުނެފައެވެ.

ފުލުހުން ވަނީ އެ ކުއްޖާއާއި ދެކޮޅަށް، މީހަކަށް މަރުގެ އިންޒާރު ދިނުމާއި އަދި ވަގަށް ނަގާފައިވާ ހަތިޔާރެއް ޤަވާއިދާއި ޚިލާފަށް ގެންގުމުގެ ދަޢުވާކުރުމަށް ނިންމާފައެވެ. އެހެން ނަމަވެސް އެކުއްޖާ އާއި ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު