ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އާއި އޭނާގެ ފިރިމީހާ އަދި ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ކައިވެނި ކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ވަރަށް ކުލަގަދަ ހަފްލާ އަކަށް ފަހުގައެވެ. ކައިވެނީގެ ދެ ހަފްލާއެއް ޕްރިޔަންކާ އާއި ޖޯނަސް ބާއްވާފައިވާއިރު ފުރަތަމަ ކައިވެންޏަކީ އިންޑިޔާގެ ޖޮދްޕުރް ގެ ތާޖް އުމައިދް ބަވަން ގަނޑުވަރުގައި ބޭއްވި ހިންދީ ކައިވެންޏެކެވެ. ދެވަނަ ކައިވެންޏަކީ ނަސާރާ ކައިވެންޏެވެ.

މި ދެ ތަރިންގެ ވާހަައަކީ އެތައް ބައެއްގެ ޝައުގުވެރިކަން އުފެދިފައިވާ ކަމެކެވެ. ޕްރިޔަންކާ އާއި ނިކް އާއި ދެ މީހުންނަކީވެސް ފޭނުން ގިނަ ބަޔަކަށް ވުމުން މި ދެ މީހުންގެ ޒާތީ ކަންކަމަށް އާއްމުން ދޭ ސަމާލުކަން ބޮޑެވެ.

ޕްރިޔަންކާ އާއި ނިކް އާއި ދެމެދު އުމުރުގެ ބޮޑު ތަފާތެއް ހުރެއެވެ. ޕްރިަންކާ އަށް 38 އަހަރެވެ. ނިކް އަށް 28 އަހަރެވެ.

ޕްރިޔަންކާ ބުނީ ނިކް އޭނާ އަށް ވުރެ އުމުރުން ކިތަންމެ ހަގު ކަމުގައި ވީ ނަމަވެސް އޭނާގެ ހިތް ވަރަށް މުސްކުޅި ކަމަށެވެ. އޭނާ ލޯބި ކުރާ ކަންކަމާއި އޭނާ އަށް ކަމުދާ ކަންކަމަކީ ވެސް އޭނާގެ އުމުުރުގެ މީހުންނަށް އާއްމުކޮށް ކަމު ނުދާ ކަންކަން ކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ.

"އޭނާ ބޭނުން ވަނީ ގޮލްފް ކުޅެން ދާން. ކުރީގެ ކެއުންތަކާއި ބުއިންތައް ކަމުދަނީވެސް. އެހެން ވީމަ މިބުނީ އޭނާގެ ހިތް ވަރަށް މުސްކުޅިއޭ." ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާ އާއި ނިކް އާއި ދެ މީހުންނަކީވެސް މަސައްކަތުގައި ވަރަށް އަވަދިނެތި އުޅޭ މީހުންނާށް ވާއިރު ޕްރިޔަންކާ ބުނީ އެކުގައި 6 މަސް ދުވަސް ހޭދަކުރަން ފުރުސަތު ލިބުނީ، ކޮވިޑް-19 އާއި ގުޅިގެން ފުރަބަންދު ކުރުމުން ކަމަށެވެ. އެއީ ނިކް އިތުރަށް ދަސްކުރަން ލިބުނު ފުރުސަތެއް ކަމަށް ވެސް އޭނާ ބުނެއެވެ.

އޭނާ ބުނީ ސޮފީ ޓަރނާ އާއި ޖޯ ޖޯނަސް އާއި ދެ މީހުންނާއި އެކުވެސް ވަގުތު ހޭދަކުރަން ފުރުސަތު ލިބުނު ކަމަށާއި، އެ މީހުން ދިމާވާ އިރު ބޮޑެތި ޕާޓީތައް ވެސް ބާއްވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބައްޕީ

    ދަރިންނަކީ ތިމާ ހަމަ ބޭނުންވާއިރަކަށް ލިބޭ ނިޢުމަތެއްނޫނެވެ. އެއީ ﷲ ތަޢާލާ އެކަލާންގެ އިރާދަކުރެއްވި ފަރާތަކަށް ދެއްވާ ނިޢުމަތެކެވެ. ސޫރަތުއް ސޫރާގެ 49 ، 50 މި ދެއާޔަތް ކިޔާލަ!

    11
  2. ސުނީ

    މިހާރު މީނަ ހާދަ ފޮއްޏޭ ދޯ

    10
    2