ބިހަކީ ވަރަށް ފައިދާ ހުރި އެއްޗެކެވެ. އެއީ ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވޭ ހަކަތަ ލިއްބައިދޭ އެއްޗެކެވެ. އެހެންކަމުން ބިހަކީ ކެއުމުގައި ހިމަނަން ރަނގަޅު މާއްދާއެކެވެ. ނަމަވެސް ކޮންމެ ދުވަހަކު ބިސް ކެއުމުން އަވަހަށް މަރުވުމުގެ ފުރުސަތު 14 އިންސައްތަ ބޮޑު ކަމަށް ދިރާސާއަކުން ވަނީ ދައްކައިފައެވެ. އަދި ބިހެއްގެ އެއްބައި ކޮންމެ ދުވަހަކު ކާ މީހުން މަރުވުމުގެ ފުރުސަތު ހަތް އިންސައްތަ ބޮޑު ކަމަށް އެ ދިރާސާއިން ދައްކައެވެ.

ޗައިނާގެ ޒެޖިއަން ޔުނިވަސިޓީ އިން ކުރި ދިރާސާއިން އެނގޭ ގޮތުން މިގޮތަށް ކަންތައް ވުމަށް މެދުވެރިވާ ސަބަބަކީ ބިހުގެ ރީނދޫ ބައިގައި ގިނަ އަަދަކަށް ކޮލެސްޓްރޯލް ހިމެނުމެވެ. އެއާއި ޚިލާފަށް ބިހުގެ ހުދުބައި ކޮންމެ ދުވަހަކު ކާ ނަމަ މީހާ ދުޅަހެޔޮވެ، ހަށިހެޔޮަކަން ހަ އިންސައްތަ އިތުރުވާ ކަމަށް ވެސް އެ ދިރާސާއިން ދައްކައެވެ.

ސޯޅަ އަހަރު ވަންދެން ބައި މިލިއަން މީހުން ހިމަނައިގެން ކުރި ދިރާސާ ކުުރިއަށް ދަނިކޮށް 129،328 މީހުން މަރުވެފައި ވެއެވެ. ދިރާސާ ކުރާ މީހުންނަށް މި ހޯދުންތައް ހޯދިފައި ވަނީ ދިރާސާގެ ބައިވެރިންގެ އަމަލުތައް ހޯދާ ބެލި ބެލުމުންނެވެ.

އެހެންކަމުން މަރުވި މީހުންގެ މަރުގެ ފަހަތުގައި އެހެން ސަބަބުތައް ވެސް ހުރުން އެކަށީގެންވެއެވެ. އެއީ ކެއުމާއި ދިރިއުޅުމުގެ ވައްޓަފާޅި އާއި ގުޅިގެން ހިނގާ ކަމަކަށް ވެސް ވެދާނެއެވެ. އަދި ރަނގަޅު ކާނާ ކެއުމާއި ރަނގަޅަށް ކަސްރަތު ކުރުމުގެ މުހިންމު ކަމަށް ވެސް އެ ދިރާސާގައި ވަނީ އަލިއަޅުވާލައިފައެވެ.

ގްލާސްގައު ޔުނިވަސިޓީގެ ދިރާސާތަކުން އެނގިފައިވާ ގޮތުގައި، އިންސާނުން ކައިިބޮއި އުޅޭ ތަކެއްޗާއި އެ މީހުންގެ މަރާއި، އެ މީހުން ބަލިވުމާއި ވަނީ ގުޅިފައެވެ. އެެންކަމުން ކެއުމުގައި ބިސް ހިމަނާ ނަމަ ހަކުރު ހިމެނޭ އެހެން ކަނާ ނުކެއުމާއި ލޮނު މަދުން ކެއުން ފަދަ ކަންކަމަކީ ކުރެވިދާނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މަރީ

    ކައިފަ ނުކާނެ އެއްޗެއް ނޭނގޭ މިހާރު، އެއްފަހަރު ކާށޭ އަނެއް ފަހަރު ނުކާށޭ

  2. އިބުރާހީމް:

    ތިވާއެއްޗެއް ނޭޏްގުނު!

  3. އެމަންޖެ

    ތިއެއްވެސް ކަމަކާ ގުޅުން ހުރި ކަމެއްނޫން އެއީކީ.

  4. މީހާ

    އެ ނުކެއިމަ މަރު ނުވަނީ؟؟

  5. އެދުރުކަލޭގެ

    ކޮންމެ އެއްޗެއް ކެއަސް މަރުވަނީ ތިބާގެ އެންމެ ގާތުގައި. މާދަމާވެސް މަރުވުމާ ނުވުމަކީ 50% ގާތްކަމެއް.

  6. ޔޯ

    ބާކީ %97 ބިސް ކެޔަސް ނުކެޔަސް މަރުވުމުގެ ފުރުސަތު ޔަގީން

  7. ސަމައްޓި

    ޢެހެންވިއްޔާ ކޯއްޗެއް ކައިގެން ތާ އަބަދައް ދިރި ހުންނާނީ ؟