އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިމަހުގެ 12 ވަނަ ދުވަހު ސިންގަޕޫރުގައި ބައްދަލުވުމެއް ބާއްވަން ތައްޔާރުވަމުން ދާއިރު ސިންގަޕޫރަށް ވަޑައިގެން ކިމް މަޑުކުރައްވާނީ ފަސްތަރީގެ ހޮޓަލެއްގެ ޕްރެޒިޑެންޓަލް ސޫޓްގައި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ނަމަވެސް ރެއަކަށް 6000 އެމެރިކާ ޑޮލަރު ޚަރަދު ކުރަން ޖެހޭ ޕްރެޒިޑެންޓަލް ސޫޓަށް ފައިސާ ދެއްކުމުގެ ގާބިލްކަން އުތުރު ކޮރެއާގައި ނެތްކަން އެގައުމުން މިހާރު އެމެރިކާ ސަރުކާރަށް އަންގާފައިވާ ކަމަށް ވެއެވެ. އެހެންކަމުން ލަފާކުރެވޭ ގޮތުގައި ކިމް މަޑުކުރައްވާނެ ޕްރެޒިންޑެންޓަލް ސޫޓަށް ފައިސާ ދައްކާނީ އެމެރިކާ އިންނެވެ.

ނުވަތަ ކިމް އަށް މެހެމާންދާރީ އަދާކުރުމުގެ ގޮތުން ސިންގަޕޫރުން ވެސް އެފައިސާ ދެއްކުން އެކަށީގެންވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ތަރައްޤީ ކުރަން ކޮށްފައިވާ ބޮޑެތި ހޭދަތަކުގެ ސަބަބުންނާއި ދުނިޔެ އިން އެގައުމާއި ދެކޮޅަށް އަޅާފައިވާ ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ގައުމުގެ އިޤުތިޞާދު އޮތީ ވަރަށް ދަތި ހާލަތެއްގައެވެ.

މިއަހަރު ދެކުނު ކޮރެއާގައި އޮތް އޮލިމްޕިކްސް ގޭމްސް އަށް ދިޔަ އުތުރު ކޮރެއާ ޓީމަށް ޚަރަދު ކުރި 2.6 މިލިއަން ޑޮލަރު ވެސް އުތުރު ކޮރެއާގެ ހާލަތު އޮތް ގޮތުން ދެކުނު ކޮރެއާ އިން ވަނީ އަނބުރާ ދީފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ކިމް ސިންގަޕޫރަށް ކުރާ ދަތުރަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް ވަގުތީ ގޮތުން ސަސްޕެންޑް ކުރުން އެކަށީގެންވެއެވެ. އެއީ މިހާރު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާ އިން ބޭނުންވި ނަމަވެސް އެފަދަ އެހީއެއް ވެދެވެން ނެތުމުންނެވެ.

ސިންގަޕޫރުން ވެސް ވަނީ ކިމް އާއި ޓްރަމްޕްގެ ސަމިޓަށް ސިންގަޕޫރުން ބައެއް ޚަރަދުތައް ކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އެގައުމުން ނުދެއެވެ.

ކިމް އާއި ޓްރަމްޕްގެ ސަމިޓް އޮންނާނީ ސިންގަޕޫރުގެ ސަންގްރިއްލާ ހޮޓެލް ގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޙްމަދް

    އެހެން ގިނަޤައުމުތުކުގެ ރައްޔިތުން އަބަދު ވިރިމީހާއަށް ގޮވާނީ ލާރިތަށް ކަނިއްޔޭ ކައިގެން އާއިލާއާއި ރަޙްމަތް ތެރިންތަށް ވެސް މުސްހަންދިވެއްޖެއޭ ރައްޔިތުން ފަގީރު ކޮއްލާފިއޭ މިހެއްނެވެ ކަރަޕްޝަނޭ ކަރަޕްޝަނޭ މިހެއްނެވެ.
    އެކަމަކު ހެންގޮވާޤައުމަތަކުގެ ރައްޔިތުން މިވެރިމީހާ ފަގީރުވެ ކޮޓަރިކުލި ރެޔަކާއި ދުވާލި 6000 އެމެރިކާ ޑޮލަރު ދެއްކެނެ ގޮތެއް ނެތުނީމާ މިފަދަ ވެރިޔާ އަށް ކުރާނީ މަލާމަތްދޯ!؟

    • ކިމް

      އޭނާ އަތުގާ ނެތީ ހަރު ފައިސާ . އުތުރު ކޮރެޢާގެ ފައިސާ އަކީ ދިވެިހި ރުފިޔާ އެއްވަރު ހުސް ކަރުދާސް. ެއެއަކުން ހޮޓަލުގެ ބިލް ނުދެއްކޭނެ. އޭނާ އަތުގާ ހަރު ފައިސާ ނެތީ ދުނިޔެއާ ދެކޮޅު ހަދައި ގައުމުގެ މީހުން ގެ މިނިވަންކަން ނިގުޅާގަނެގެން ގައުމު އިނދެޖެއްސައިގެން މާވަރުގަދަ މީހަކަށް ހެދިގެން އުޅުނީމާ.

  2. ނުރަކަތީބު

    ރާއްޖެއިން ސަލާމަތީ މަޖުލީހުގެ ގޮންޑިހޯދަން ސައިނީމެން ކިހާވަރެއް ތަޅާލައިފި؟؟؟