އިންޓަނެޓާއި އެކު އެތައް ކަމެއް އަހަރެމެންނަށް ފަސޭހަވެގެން އައި އިރު އެތައް އުނދަގުލަކާއި އެތައް ގެއްލުމަކާއި ވެސް މިވަނީ ކުރިމަތިލާން ޖެހިފައެވެ. މިފަދަ ގެއްލުންތަކުގެ ވާހަކަތައް އަބަދުވެސް އަޑުއިވެއެވެ. އެގޮތުން މިއަދު ވެސް މިވަނީ މިފަދަ ބޮޑު ގެއްލުމެއް ލިބުނު މީހެއްގެ ވާހަކަ މީޑިއާ އަށް ތިލަވެފައެވެ.

އިނގިރޭސިލާތުގެ އުމުރުން އެންމެ 13 އަހަރުގެ ފިރިހެން ކުއްޖަކު މިވަނީ އޭނާގެ ބައްޕަގެ ކްރެޑިޓް ކާޑު ބޭނުން ކޮށްގެން ޖުވާ ކުޅެ 80000 ޕައުންޑް (1.6 މިލިއަން ދިވެހި ރުފިޔާ) އިން ބައްޕަ ދަރަނިވެރި ކޮށްލާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފިރިހެން ކުއްޖާ އަށް މައިންބަފައިން ދީފައި އޮތް ފޯނަކުން ބައްޕަގެ ކްރެޑިޓް ކާޑާއި ބައްޕަގެ އެހެނިހެން މައުލޫމާތުތަކުގެ ފޮޓޯއެއް ނަގާ އެފޮޓޯތައް ބޭނުންކޮށްގެން އޭނާ ވަނީ އައިޑެންޑިޓީ ވެރިފައި ކޮށްފައެވެ.

އޭނާ ވަނީ ކޮންމެ ފަހަރަކު 3000 ޕައުންޑްގެ ބެޓެއް ކޮށްފައެވެ. ނަމަވެސް ކާމިޔާބެއް ނުލިބި ދަރަނިވެރިވަމުން ވަމުން ގޮސް ބޮޑު އަދަދެއްގެ އެރީއެވެ. އެންމެ ފަހުން ބައްޕަ ބޮޑު އަދަދަކުން ޖޫރިމަނާވިއިރު އޭނާ ހުރީ ޖުވާ ކުޅުމަށް އެޑިކްޓް ވެފައެވެ.

އޭނާ ބުނާ ގޮތުން ޖުވާ ކުޅުމަށް ޝައުގުވެރިވީ ވެމްބްލީގައި އޮތް މެޗެއް ބަލަން ގޮސް އިންދާ ފެނުނު އިސްތިހާރެއްގެ ސަބަބުންނެވެ. އެއިސްތިހާރު ފެނިގެން ގެއަށް އައިސް ރަޖިސްޓްރީ ވާން މަސައްކަތް ކުރުމުން 18 އަހަރު ނުވަނީސް ރަޖިސްޓްރީ ނުވެވޭނެ ކަމުގެ މެސެޖެއް އޭނާ އަށް ލިބުނެވެ. އެހެންކަމުން އޭނާ ދެން ރަޖިސްޓްރީވީ ބައްޕަގެ ނަމުގައެވެ.

މިހާރު މިކުއްޖާ ދަނީ ޖުވާ ކުޅުމަށް ދެވިހިފާފައި ވާތީ ސައިކޮލޮޖިސްޓެއްގެ އެހީތެރިކަން ހޯދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުރަބޯ

    އިސްލާމްދީނުގައި، ކުރުންމަނާކުރައްވާފައިވާ އެއްވެސް ކަމެއް ބަޔަކުކޮށްގެން ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ.