ނިއުޒިލޭންޑުގެ މަޖިލީހުގެ މަޔޯރީ ލީޑަރ ރަވިރީ ވެއިޓިޓީ މަޖިލީހުގެ ތަޅުމުން ބޭރުކޮށްފައިވަނީ ޓައީ ނަޅާ އައުމުން ކަމަށް ރެއުޓާސްގެ ރިޕޯޓްގައިވެއެވެ.
މަޖިލީހުގައި ވާހަކަދެކެވެމުން ދިޔަ މައްސަލައާއި ގުޅޭ ގޮތުން ރަވިރީ 2 ފަހަރަށް ވާހަކަ ދައްކަން މަސައްކަތް ކުރުމުން ވެސް މަޖިލީހުގެ ރައީސް ޓްރެވޯ މެލާޑް ވަނީ އޭނާ ހުއްޓުވައިފައެވެ. އަދި ޓައި އެޅުމުން ނޫނީ ރަވިރީއަށް މަޖިލީހުގައި ވާހަކަ ނުދެއްކޭނެ ކަމަށް ވެސް ޓްރެވޯ ބުނެފައިވެއެވެ.
އިންޒާރު ދިން ނަމަވެސް ރަވިރީ ތިންވަނަ ފަހަރަށް ވެސް ވާހަކަ ދައްކަން މަސައްކަތް ކުރުމުން ރަވިރީ މަޖިލީހުގެ ތަޅުމުން ނިކުތުމަށް މަޖިލީހުގެ ރައީސް ޓްރެވޯ ބުނެފައިވެއެވެ.
މި މައްސަލައާއި ގުޅިގެން ރަވިރީ ބުނެފައި ވަނީ މިއީި ހަމައެކަނި ޓައީއާއި ގުޅުން ހުރި މައްސަލައެއް ނޫން ކަމަށެވެ. މިކަމަކީ ޘަޤާފަތުގައި ހިފަހެއްޓުމުގެ ގޮތުން އޭނާ ކޮށްފައިވާ ކަމެއް ކަމަށް ވެސް ރަވިރީ ބުނެފައިވެއެވެ.
ރަވިރީ ބުނެފައިވާ ގޮތުގައި ''ނެކްޓައި'' އަކީ އެމީހުންގެ ޘާޤާފަތާއި އެއްވެސް ގުޅުމެއް ހުރި އެއްޗެއް ނޫން ކަމަށާއި އަދި ޓައީ ނާޅައި އައިސްފިނަމަ މަޖިލީހުގެ ތަޅުމުން ބޭރުކުރާނެ ކަމުގެ އިންޒާރު 2020 ވަނަ އަހަރު ވެސް ދީފައިވާ ކަމަށެވެ.
އެހެންކަމުން އެންމެ ފަހުން އޮތް މަޖިލީހުގެ ބައްދަލުވުމަށް ރަވިރީ ގޮސްފައިވަނީ މިިޔޯރީގެ ހާއްސަ ގަލެއްކަމުގައިވާ ''ގްރީން ސްޓޯން'' އިން ''ނެކް ޓައި'' އެއް ހަދައިގެން އެ އަޅައިގެންނެވެ.
ރަވިރީ ބުނެފައިވާ ގޮތުގައި މިއީ ހަމައެކަނި ''ނެކް ޓައި'' ނުވަތަ ''ގްރީން ސްޓޯން'' ގެ މައްސަލައެއް ނޫން ކަމަށާއި މިއީ ހަމަހަމަކަމާއި އިންސާފު ހޯދުމާއި ގުޅޭ ކަމެއް ކަމަށެވެ.
ތަފާތު
މީ ޖާބިރު ތަ
ޖާބިރު ދޯ؟ ކޮންމެވެސް ކުއްޖަކަު މިކަން ޔަގީން ކޮށްދީ ބަލަ ޕްލީޒް. ޖާބިރު ނޫންނަމަ ޖާބިރުގެ ތިމާގެ މީހެއްތޯވެސް ބަލަން ޖެހޭ. މަޖިލީހަށް ހުށަހަޅަން ފެނޭ،