ތަފާތު އެކި ކަންކަމަށް ދައުވާ ކުރާ މީހުން ދުނިޔޭގައި އުޅެއެވެ. މިއީ ވެސް އެގޮތުން ވަރަށް ތަފާތު އާދަޔާއި ހިލާފު ކަމަކަށް ދައުވާ ކުރާ މީހެކެވެ. ޖޭމްސް އޮލިވާ ނަމަކަށް ކިޔާ މީހަކު ބުނާ ގޮތުން އޭނާ އަކީ އެހެން ޕްލެނެޓެއްގައި ދިރިއުޅެފައި ދުނިޔެ އަށް އައި މީހެކެވެ. އެޕްލެންޓަށް މިއީ 6491 ވަނަ އަހަރު ކަމަށް އޭނާ ބުނެއެވެ. އޭނާ ބުނާ ގޮތުން އޭނާ އަށް ދުނިޔެ އަށް އާދެވުނީ އޭނާ ގެންގުޅުނު ޓައިމް ޓްރެވަލް މެޝިން ހަލާކު ވެގެންނެވެ.

ޖޭމްސް އޮލިވާ ދައްކާ ވާހަކަ އަކީ ކިތަންމެ ބުއްދި ގަބޫލު ކުރަން ދަތި ވާހަކަތަކަކަށް ވީނަމަވެސް އޭނާ ދަނީ އޭނާ ހަދަނީ ތެދުކަން ސާބިތު ކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އޭނާ މިހާރު ވަނީ ދޮގު ހަދާކަން ދެނެގަންނަ ޓެސްޓެއް ފުރިހަމަ ކުރާ މަންޒަރު ފެންނަ ވީޑިއޯ އެއް އާންމު ކޮށްފައެވެ. އެވީޑިއޯ އިން ފެންނަ ގޮތުގައި ޖޭމްސް އޮލިވާ ދައްކާ ވާހަކަތަކަކީ ތެދުކަމަށް އެމެޝިން ބުނެއެވެ.

ވީޑިއޯގައި ޖޭމްސް އޮލިވާ ބުނާ ގޮތުން އޭނާ ދިރިއުޅޭ ޕްލެނެޓްގެ މީހުންނަކީ ހިސާބު އިލްމަށް ވަރަށް މޮޅު ބައެކެވެ. އެމީހުން ކޮންމެ ދުވަހަކު ވެސް އެތައް ޕްލެނެޓެއް ހޯދާ ކަމަށް އޭނާ ބުނެއެވެ. މެޝިން ބުނަނީ އެއީ ތެދެއް ކަމަށެވެ.

ޖޭމްސް އޮލިވާ ކައިރިން އޭނާ އަށް އޭލިއަނުންނާއި ދުވަހަކު ވެސް ބައްދަލުވިތޯ ސުވާލު ކުރުމުން ޖަވާބުގައި އޭނާ ބުނީ އެތައް ފަހަރެއްގެ މަތިން އޭލިއަނުންނާއި ބައްދަލުވި ކަމަށެވެ. މެޝިން ބުނާ ގޮތުން އެއީ ވެސް ތެދެކެވެ.

މީގެ އިތުރުން ވެސް ގިނަ ސުވާލުތަކެއް އޭނާ އާއި ކޮށްފައިވެއެވެ.

ވީޑިއޯގައި ޖޭމްސް އޮލިވާގެ މޫނެއް ނުފެނެއެވެ. ވީޑިއޯ ބެލި ތަޖުރިބާކާރުން ބުނާ ގޮތުގައި އޭނާ ވާހަކަދައްކާ ރާގު ހުންނަނީ އިނގިރޭސިވިލާތުގެ މީހުން ވާހަކަދައްކާ ރާގަށެވެ.

ޖޭމްސް އޮލިވާގެ ވީޑިއޯގައި އޭނާ ދައްކާފައިވާ ވާހަކަތަކަށް ވަރަށް ގިނަ ބަޔަކު ދަނީ އެކި ފޯރަމްތަކުގައި މަލާމާތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޕިންކް ޕެންތާ

    ހަމަ ޔަގީން ތީ މިއުޅޭ ވަގު ޔާމީން އެެހެންވެ އެހާ ވައްކަން ކިރަނީ

    • ފަސްމާވަގު

      ވަގުންނަށް ހީވާނީ ދެންވެސް އުޅެނީ އެމީހުންފަދަ ވަގުން ކަމަށް.

  2. އަނެއް ބޯގޯސް.

  3. ހަމަ ވެދާނެ ދޯ ތެދަކަށް ވެސް... އަސްލު ފަހު ޒަމާނަށް އައިސް ވާ ކަންތައްތައް މީހުން ނަގަނީ ޖޯކަކަށް... އަހަރުމެން ހެއްދެވި އެއްކައުވަންތަ ކުޅަދުން ވަންތަ ކަލާނގެ އިރާދަ ކުރައްވައިގެން ކޮންމެ ކަމެއް ވެސް ވެދާނެ ތާ! އަދި އެކަލާނގެ ގައިބު ގައި ވެސް ކިތަންމެ ކަމެއް ލައްވާފައި ވެއެއް ނޫންތޯ.!!