މޮޑާނާ އާއި ފައިޒާ ވެކްސިން ޖަހާ ބައެއް މީހުންގެ ގައިން ލޭގެ އުނި ކަމެއް ފެންނަ ކަމަށް ރިޕޯޓްތަކުން ދައްކައިފިއެވެ.

އާރުޓީ ނޫހުގައި ޝާއިއުކުރި ލިޔުމެއްގައިވާ ގޮތުން ފައިޒާ އާއި މޮޑާނާ ވެކްސިން ޖެހި 36 މީހުންނަށް ވުރެ ގިނަ މީހުންގެ ގައިން ލޭގެ އުނިކަމެއް ވަނީ ފެންނަން ފަށައިފައެވެ. މިއީ ދިފާއީ ނިޒާމް ބަލިކޮށްލާ އުނި ކަމަކަށްވާ އިރު މިއީ މަދުން ނޫނީ ނުފެންނަ ބާވަތުގެ ޑިސްއޯޑާ އެއް ކަމަށް އެ ނޫހުގައި ވަނީ ރިޕޯޓްކޮށްފައެވެ.

އަދި މި ބާވަތުގެ އުނިކަމުގެ އަސަރު ލެއަށް ކުރާކަން ރިޕޯޓްތަކުން ހާމަވާ ކަމަށް ވެސް އެ ލިޔުމުގައިވެއެވެ. އަދި މި އުނިކަމުގައި ބަލި މީހަކު މަރުވެފައި ވާތީ އެއީ ވެކްސިންގެ ސަބަބުން ވީކަމެއް ކަމަށް ބެލުމުުގެ ފުރުސަތު އޮތްކަން ފާހަގަކުރެވެއެވެ.

ވެކްސިން ޖެހުމަށް ފަހު ދިމާވި ލޭގެ އުނިކަމެއްގެ ސަބަބުން މަރުވެފައި ވަނީ އޮބްސްޓެޓްރިޝިއަން-ގައިނޮކޮލޮޖިސްޓް ޑރ.ޖޯޖީ މައިކެލްއެވެ. އޭނާ މަރުވީ ސިކުނޑި އަށް ލިބުނު ގެއްމަކާ ގުޅިގެންނެވެ. އޭނާ މަރުވީ ފައިޒާ ވެކްސިން ޖެހިތާ ދެ ހަފްތާ ފަހުންނެވެ. އޭނާ ގަޔަށް ވެކްސިން ޖެހި ފުން އިމިއުން ޓްރޮޮމޮބޮސިޓޮޕޭނިއާ ކިޔާ ލޭގެ ޑިސްއޯޑަރ ނުވަތަ ލޭގެ އުނިކަމެއް މެދުވެރިވިއެވެ.

ނިއުޔޯކް ޓައިމްސްގައި ރިޕޯޓްކޮށްފައިވާ ގޮތުން މި ވެކްސިންތައް ޖަހާ އެހެން މީހުން ވެސް ދަނީ މިފަަދަ އުނދަގޫތައް ދިމާވާކަން ރިޕޯޓްކުރަމުންނެވެ.

އިމިއުން ތްރޮމޮބޮސިޓޮޕޭނިއާ އަކީ މަދުން ނޫނީ ނުފެންނަ ހާލަތެކެވެ. އެމެރިކާގައި މި ހާލަތު ދިމާވެފައި ވަނީ 50،000 މީހުންނަށެވެ. މިއީ ހަށިގަނޑުގެ ދިފާއީ ނިޒާމް ބަލިކޮށްލާ، ލޭ ގަނޑުވުމަށް މެދުވެރިވާ ހާލަތެކެވެ. އޭގެ ސަބަބުން ހަށިގަނޑުގެ އެތެރެ އާއި ބޭރު ފާރުވާަން މެދުވެރިވެއެވެ. ބަލާބެލުމަށް އެ ފާރުތައް ފުަތަމަ ފެންނަނީ ފިތްގަނޑުތަކެއްގެ ސިފައިގައެވެ.

މި ހާލަތު ދިމާވާ ބައެއް އަންހެނުންނަށް ހައިޟުގެ ބޭރުން ގިނައިން ލޭ އައުމަށް މެދުވެރިވާކަން ރިޕޯޓްތަކުން ފާހަގަވެއެވެ. އަދި ބައެއް މީހުންގެ އަނގަ އިން ލޭ އަންނަ މައްސަލަ ވެސް ވަނީ ދިމާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ލޮލްލޮލް

    ރަޝިއާ ނޫހުން ނުލިޔާނެ ދޯ އިނގިރޭސީން ނަކަށް ހެޔޮ އެއްޗެއް..ސިޔާސީ ގޭހުގަ ޖެހިގެން ތިބޭ....

  2. ހައްގު

    އޮކްސްފޯޑް އިންޑިއާ ވެކްސިންގެ ސައިޑް އިފެކްޓްސް ލިޔުން މަނާކޮށްފައި އޮތީތޯ. މީޑިއާ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްލައިގެން އުޅޭކަން ރައްޔިތުންނަށް އެނގޭ.

    5
    1
  3. އަހުމަދު

    ކިހިނެއްބާ މިވަނީ

  4. ޑިމޮކްރަޓިސްޓް

    ވެކްސިނެއް ބާޒާރަށް ނެރެނީ ދިގުމުއްދަތެެއްގެ ޓެސްޓްތަކަކަށްފހު. އަވަސްއަރުވާލަިގެން އިންސާނުންނަށް މިދޭ ވެކްސިންގެ ސައިޑްއެފެންޓްސް ގިނަދުވަހުން ދިމާވާނީ ކޮންކަހަލަ މައްސަލަ ތަކެއް ކަމެއްވެސް ނޭންގެ. ރައްކާތެރީ މިހާލުގަ އެއްވެސް ވެކްސިނެއް އަމިއްލަ ހަށިގަނޑަށް ނުޖެހުން.

    6
    3
  5. ހުއްބުލް ވަތަން

    މިކަހަލަ ދޮގު ހަބަރު ނުފަތުރަން އިލްތިމާސްކުރަން!

  6. އަހްމަދު

    ކޮވިޑް ވައިރަސް އަާ ފައިޓް ކުރިޔަސް އަނެއް ފަންސާސް ސައިޑް އިފެކްޓާ ނުރައްކާތައް ހުނންާނެ
    މީތި ޖެހުން މަޖްބޫރު ކޮށްގެން ނުވާނެ

    6
    1