ތުއްތު ކުދިން ރޭގަނޑު ރުއިމަކީ ވަރަށް ޢާންމު ކަމެކެވެ. އެހެނަސް ދުނިޔޭގެ ބައެއް ހިސާބުތަކުގައި، ކުދިން މައިންބަފައިންނާއި ވަކިން ނިންދަވާތީ، އެކުދިންގެ ހަރަކާތްތައް ބެލުމަށް ކެމެރާ ފަދަ ތަކެތި ހަރުކޮށްފައި ހުރެއެވެ. މިއީ އެފަދައިން ދަރިފުޅު ރޯތީ ހަރުކޮށްފައި ހުރި ކެމެރާއަކުން ނަގާފައިވާ ވީޑިއޯއިން ފެނުނު ބިރުވެރި މަންޒަރެއްގެ ވާހަކައެވެ.

އެމެރިކާގެ އަވަށަކަށް ނިސްބަތްވާ އެ ދެމަފިރިން، އެމީހުންގެ ދަރިފުޅު ދަންވަރު ކުއްލިއަކަށް ހޭލައިގެން މާ ގަދަޔަށް ރޯތީ ކެމެރާއެއް ހަރުކޮށްފައި ހުރީ އޭނާ ފެންނާނެހެން އެނދުގައެވެ. ދުވަސްތަކެއް ވަންދެން ދަރިފުޅުގެ ޙަރަކާތްތައް މިގޮތުން ބަލަމުންދަނިކޮށް، އެއް ރޭ ކެމެރާއަށް ވަނީ އާދަޔާއި ޚިލާފު މަންޒަރެއް އަރާފައެވެ. އެކުއްޖާ ރޯން ފެށި ވަގުތު، އެނދު ކައިރީގައި ބިރުވެރި ސިފައަކަށް ހުރި "އެއްޗެއް"ގެ މޫނު ވީޑިއޯއަށް އަރާފައިވާ ކަމަށް އެފަރާތުން ބުނެފައި ވެއެވެ.

މި ހާދިސާ އާއި ގުޅިގެން ނޫސްތަކައް މަޢުލުމާތު ދެމުން އެކުއްޖާގެ މައިންބަފައިން ބުނެފައިވަނީ، މި މަންޒަރު ފެނުމުން އެންމެ ފުރަތަމަ ހީކުރީ ކޮޓަރިއަށް ވަގަކު ވަދެގެން އުޅެނީ ކަމަށެވެ. ނަމަވެސް އެވަގުތު ކޮޓަރި ބަލައި ހޯދިއިރު، އެއްވެސް މީހަކު ފެންނާން ނެތުމުން، އެއީ އާދައިގެ ކަމެއް ނޫންކަން އެނގުނުކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ. އަދި ވީޑީއޯއިން އެ މަންޒަރު ފެނުނު ހިސާބުން ކެމެރާއަށް މައްސަލައެއް ދިމާވެ ރެކޯޑުވުން ހުއްޓުމުން އެއީ އިއްތިފާޤުން ދިމާވިކަމެއް ނޫންކަން ޔަޤީންވި ކަމަށް އެ ދެމަފިރިން ބުނެފައި ވެއެވެ.

މި ހާދިސާ މިހާރު ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައިވާއިރު، ބައެއް ފަރާތްތަކުން ވަނީ މީގެ ކުރިންވެސް ދިމާވެފައިވާ މިފަދަ ހާދިސާތަކުގެ ވާހަކަތައް ހާމަކުރަމުންނެވެ. އަދި އަނެއް ބަޔަކު ބުނަމުންދަނީ، އެއީ ރެކޯޑު ކުރެވެމުންދިޔަ ވަގުތު އެރި އައްޔެއްގެ ސަބަބުން ހީވި ހީވުމަކަށް ވެދާނެ ކަމަށެވެ.

މި ހާދިސާ ހިނގާފައި މިވަނީ، ހާދިސާ ހިނގި އަވަށުގެ އެހެން ގެއެއްގައިވެސް ދާދި ފަހުންވެސް މިފަދަ ކަމެއް ހިގާފައި ވަނިކޮށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން އަންހެނެއްގެ ސިފައިގައި ހުރި އެއްޗެއް ގެއެއްގެ ސެކިއުރިޓީ ކެމެރާއަށް އަރާފައި ކުއްލިއަކަށް ގެއްލުނީ ކަމަށް ބުނެ އެގޭގެ ވެރިފަރާތުން ވަނީ ވީޑިއޯ ޢާންމުވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އައްމަޑޭ

    ކެމެރާއަށް އަރާ އެކަހަލަ އެއްޗެހިވެސް.. ކަނޑުމަތި އެޅީމަވެސް ކެމެރާއަށް އަރާ.. އަހަރުން ވީޑިޔޯ ކުރިން ކަނޑުމަތި އަޅާފައި ހުއްޓާ.. ބިރުންތިބެ.. އެކަމު ބައެއް މީހުން ބުނެއުޅޭ އެކަހަލަ އެއްޗެހި ކެމެރާ އަކަށް ނާރާނެޔޯ.. އެއީ ހަމަ ހުސް ދޮގު. މިހާރުވެސް ގޮތް ބަލާލަން ދުވަސްވެފައި ހުރި ގަބުރުސްތާނަކަށް. ސަހަރާއަކަށް ރޭގަނޑު ކެމެރާއަޅުވާފައި ބަހައްޓާބަލަ ފެންނާނެ. އެކަހަލަ އެއްޗެހި.. ބޮޑަށް ފެންނާނީ 2ގަޑިއެއްގައި..

  2. މުސްތޮ

    ފޭކު މިއިންފެންނަނީ އެނދުމަތީގައި އޮތް ކުއްޖާ ކެމެރާގެ ވީޑިއޯ ކޮލަޓީ ދަށްވުމުގެ ސަބަބުން އެގޮތަށް ވީޑިއޯ ކުރެވިފައި އެހެރީ ދެން މަޝްހޫރުވާންވެގެން އެއްޗެކޭކިޔާފަ ކަންބޮޑުކޮއްލީ

  3. ބުއްދި

    ތިތާ ކެމެރާ ހަރުކުރިކަން އެ އެއްޗަށް ނޭންގެނީތަ ތިހިރަ ބޮޑު އެއްޗަކާ. ރުޅި އައިއްސިއޭ!

  4. ÷

    ހަހަހަ