ކޮވިޑް-19 ޖެހިފައިވާ އަންހެނެއްގެ އަތުގެ ބައެއް އިނގިލިތައް ކަޅުވެ، އޭނާގެ ބައެއް އިނގިލިތައް ބުރުކޮށްލައިފިއެެވެ. އޭނާގެ ބައެއް އިނގިލިތައް ކަޅުވެފައި ވަނީ އެ ބަލީގެ ސަބަބުން އިނގިލިތަކަށް ލޭ ދައުރުވުން ހުއްޓިފައިވުމުގެ ސަބަބުންނެވެ.

މެޑިކަލް ޖާނަލްއެއްގައި އާއްމުކޮށްފައިވާ ފޮޓޯތަކުން ފެނިގެން ދަނީ ކާކުކަން ހާމަކޮށްފައިވާ ނުވާ އުމުރުން 86 އަހަރުގެ އެ އަންހެން މީހާގެ ހަ އިނގިއްޔެއް ކަޅުވެފައިވާ ތަނެވެ.

އޭނާގެ އިނގިލިތައް ބުރިކުރި އިޓަލީގެ ޑޮކްޓަރުން ވަނީ މި ކޭސްއަކީ ކޮރޮނާ ވަައިރަސްގެ ސިވިއާ ކޭސްއެއް ކަމަށް ބުނެފައެވެ.

މިހާރުވެސް ގިނަބައެއްގެ ގައިން ފެނިފައިވާ ކޮވިޑްގެ ސަބަބުން ބައެއް މީހުންގެ ލޭ ހޮޅިތަކަށް ގެއްލުން ލިބެއެވެ. އަދި އެކަމުގެ ސަބަބުން ލޭ ހިނގުން ބްލޮކްވާ ގޮތް ދިމާވެއެވެ.

އެހެން ނަމަވެސް ކަމާއި ގުޅުން ހުރި މާހިރުންނަށް މި ވައިރަސްގެ ސަބަބުން ލޭގެ ހިނގުން ބްލޮކްވާން ޖެހޭ ސަބަބު ހޯދިފައިވާއިރު، މިއީ އިމިއުން އޯވާ ރިއެކްޓް ކުރުމުގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ބޮޑަށް ބެލެެވިފައިވާ ކަމަށް ވެއެވެ.

އެހެންކަމުން ބެލެވޭގޮތުގައި، އޭނާގެ އިނގިއްޔަށް ބޭނުންވާ ލެޔާއި އެހެނިގެން ސާމާނުތައް ނުލިބުމުގެ ސަބަބުން އެ އިނގިލިތައް ކަޅުވީއެވެ.

މީގެ ކުރިން ކެލިފޯނިއާއަށް ނިސްބަތްވާ އުމުރުން 54 އަހަރުގެ އަންހެނެއްގެ އިނގިލިތައްވެސް މި ބަލީގެ ސަބަބުން ބުރިކުރަން ޖެހުނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އެއީ ކޮވިޑް އެއް ނޫން! އެއީ ބިޔުބޮނިކް ޕްލެގް ނުވަތަ ބަރަސް ބަލި!