އެޓްލާންޓިކް ކަނޑުގައި އޮންނަ ބަަހަމާސް އައިލެންޑްްސްގެ ފަޅުރަށެއްގައި ދާދި ފަހުން ތާށިވިވި ދެ ފިރިހެނަކާއި އަންހެނަކު މި ވަނީ ސަލާމަތްކޮށްފައެވެ. އެ މީހުން އެތަނުގައި 33 ދުވަސް ވަންދެން ތިއްބެވެ. އެ މީހުން އެތަނުގައި ދިރިތިބީ ކާއްޓާއި، މީދާ ކައިގެންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މި މީހުން ސަލާމަތްކޮށްފައި ވަނީ ފެބްރުއަރީ ނުވަ ވަނަ ދުވަހު އެމެރިކާގެ ކޯސްޓް ގާޑުންނެވެ. އެ މީހުން ތިބީ ބަހަބާސްގެ އަންގުއިލާ ކޭގައެވެ. އެތަނުގައި އެ މީހުން މަސް ދުވަހަށްވުރެ ގިނަ ދުވަސް ހޭދަކުރިއެވެ.

ކިއުބާއަށް ނިސްބަތްވާ އެ ތިން މީހުން، ސަލާމަތް ކޮށްފައި ވަނީ، އެ މީހުން ކޯސްޓްގާޑުގެ އެއާކްރާފްޓާއި ދިމާލަށް ދިދަ ވިހުރަމުން ދަނިކޮށް އެ މަންޒަރު ކޯސްޓްގާޑުގައި ތިބި ބަޔަކަށް ފެނިގެންނެވެ.

އެ ކޯސްޓްގާޑު މީހުން އެ ސަރަހައްދަށް ނުކުމެ އުޅުނީ ޕެޓްރޯލް ކުރުމަށެވެ.

އެ ރަށުގައި ތާށިވެފައި ތިބި މީހުން އުޅުނީ އެތަނުގައި ޓެންޓް ޖަހައިގެންނެވެ. އެ މީހުން އެތަނުން ސަލާމަތްކޮށްގެން ގެންގޮސްފައި ވަނީ ފްލޮރިޑާގެ ލޯވާ ކީސް މެޑިކަލް ސެންޓަރަށެވެ. އެ މީހުންނަށް އެއްވެސް ކަހަލަ ގެއްލުމެއް އަދި އަނިޔާއެއް ވެފައިނުވާ ކަމަށް ކޯސްޓް ގާޑުން ބުނެފައި ވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ކޯސްޓްގާޑު ހެލިކަޕްޓަރުގައި ތިބި މީހުންނަށް އެ މީހުން ފެނުމާއެކު، ކާނާ އާއި ބޯފެން ވަނީ ދީފައެވެ. އަދި އިތުރު ހެލިކަޕްޓަރެއް އެތަނަށް ގެނެސް އެ މީހުން ވަނީ ސަލަމަތްކޮށްފައެވެ.

އެ ސަރަހައްދުގެ މޫސުން ގޯސްކަމުން އެ މީހުން ސަލާމަތްވީ އޭގެ އަނެއް ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު