ކަލާޒްއިން މިހާރު ގެނެސްދެމުންދާ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 14 ވަނަ ސީޒަނުން ދިމާވެ ރައްޓެހިވި ދެ ބައިވެރިން ކަމަށްވާ އިޖާޒް ޚާނާއި ޕަވިތުރަ ޕުނިއާ މި އަހަރުގެ ތެރޭގައި ކައިވެނިކުރަން ނިންމައިފި އެވެ.

ކަންކަން ރަނގަޅަށް ކުރިއަށްދާ ނަމަ ދެ މީހުންގެ ކައިވެނި މި އަހަރުގެ ތެރޭގައި ކުރެވުމުގެ ފުރުސަތު ވަރަށް ބޮޑަށް ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި އިޖާޒް ބުނެފައިވެއެވެ.

ދެ މީހުން ވެސް ވަރަށް އެއްގޮތް ކަމަށާއި ޕަވިތުރަ ދެކެ އޭނާ ވަރަށް ލޯބިވާ ކަމާއި ބޭނުން ވަނީ ވީހާ ވެސް އަވަހަކަށް ކައިވެނި ކުރުމަށް ކަމަށް ބިގް ބޮސްގެ ގެއިން މި ވަގުތު ބޭރުގައި ހުރި އިޖާޒް ބުންޏެވެ. އަދި މިހާލަތު ރަނގަޅު ކަމަށްވާނަމަ ދެ މީހުން ކައިވެނިކުރާނެ ކަމަށް ވެސް އިޖާޒް ބުންޏެވެ.

އޭނާ ބުނެފައިވަނީ ޕަވިތުރައާ ފުރަތަމަ ބައްދަލުވި ދުވަހުވެސް އޭނާއަށް ހިތްކިޔާ ގޮތެއް ހުރި ކަމަށާއި ޝޯގެ ތެރެއިން ދެ މީހުންގެ ގުޅުން ދުވަހުން ދުވަހަށް ބަދަހިވަމުން ދެމީހުންގެ އިހުސާސްތައް ހިއްސާކުރެވޭ ހިސާބަށް ދިޔައީ ކަމަށެވެ.

އޭނާ ބުނެފައިވަނީ ތެދަށް ބުނާކަމުގައިވާނަމަ މިއީ ވަރަށް ސާފު ލޯތްބެއްކަމަށާއި އޭނާގެ ހިތާއި ނިޔަތް ވަރަށް ސާފުކަމަށެވެ. އަދި އިޖާޒް ބޭނުން ވަނީ ޕަވިތުރަ އާއި އެކު ރީތި ދިރިއުޅުމެއް އުޅެން ކަމަށްވެސް ބުންޏެވެ.

ޓީވީ ސިލްސިލާތަކުގެ އިތުރުން ފިލްމުތަކުގައި ސަޕޯޓިން ރޯލްތަކުން ފެނިގެން ގޮސްފައިވާ އިޖާޒް ބުނެފައިވަނީ މިދެ މީހުން އެކަކު އަނެކަކުގެ ގެެ އާއިލާގެ މީހުންނާ ވެސް ބައްދަލުކޮށްފައިވާ ކަަމަށާއި ދެ އާއިލާގެ މީހުން ވެސް މިދެމީހުންގެ ގުޅުމާމެދު ވަރަށް ރުހޭކަމަށެވެ.

ޕަވިތުރާ، 34، އަކީ ކުރިން ކައިވެންޏެއް ކޮށްފައިވާ ބަތަލާއެކެވެ. އޭނާ ކައިވެނިކުރީ ސުމިތު މަހޭޝްވަރީ އާއެވެ.

"ބިގް ބޮސް" ގައި މިހާރު އުޅޭ ޕާރަސް ޗާބްޅާ އަކީ ޕަވިތުރާ ކުރިން ލޯބީގެ ގުޅުމެއް ބޭއްވި މީހެކެވެ. އެ ވާހަކަ ވަރަށް ފަހުން މީޑިއާތަކުގެ އިތުރުން ސީދާ "ބިގް ބޮސް" ޝޯގެ ތެރޭގައި ރާކީ ސާވަންތާ ވެސް ޕަރަސް ހިއްސާކޮށްފައިވެ އެވެ.

"ބިގް ބޮސް 13" ގައި ވާދަކުރި ޕާރަސް ބުނެފައިވަނީ ޕަވިތުރާ އޭނާއާ ލޯބީގެ ގުޅުމެއް ބޭއްވީ އޭނާގެ ކައިވެނި ސިއްރުކޮށްގެންނެވެ. އަދި އެކަން ފަޅާއެރުމުން ގުޅުން ނިމުމަކަށް އައީ ކަމަށެވެ. ނަމަވެސް އިޖާޒާ ދޭތެރޭ ޕަވިތުރާ ރަނގަޅަަށް ކަންތައް ކުރާނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެ އޭނާ ހިނިގަނޑެއް ވެސް ޖަހާފައިވެ އެވެ.

"ބިގް ބޮސް 14" ގެ ވަރަށް ކުރީކޮޅު އިޖާޒް، 45، ގެ އޭނާގެ އަމިއްލަ ބައެއް ވާހަކަތައް ހިއްސާކުރަމުން ބުނެފައި ވަނީ އޭނާ ކުރިން ވެސް ކައިވެންޏަކަށް ތައްޔާރުވި ކަމަށާއި އެކަމަކު އެކަން ހުއްޓުނީ ބޮލުގައި އެޅުނު ޖިންސީ ގޯނާގެ ތުހުމަތަކާ ހެދި ކަމަށެވެ. އަދި ނަފުސާނީ ގޮތުން ވެސް ވަރަށް އުނދަގޫ ދުވަސްތަކެއް އުޅެން ޖެހުނު ކަމަށް ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަނީމަނީ

    އިންޑިޔާ އައުޓް ކިޔާމީހުންގެ ހިތްތަކުގަ ރަސްކަންކޮށް އެމީހުން ރޮއްވަނީ އިންޑިޔާމީހުން...ލޮލް

    5
    1
  2. މުހައްމަދު

    އައުޓް