އުމުރުން ތިން އަހަރުގެ ޕެންސިލްވޭނިއާއަށް އުފަން މި ފިރިހެން ކުއްޖާ އުފަންވިއިރުވެސް އޭނާގެ ދޫ ވަރަށް ބޮޑެވެ. މި ކުޑަކުޑަ ކުއްޖާގެ އަނގަޔަށް ދޫ ވަރަށް ބޮޑެވެ. ޑޮކްޓަރުން ބުނާގޮތުން، އެ ކުއްޖާގެ ސާޖަރީތަކެއް ކުރެވެން ނެތެވެ. އެއީ ހިރާސް ބޮޑުވީމައެވެ. އެއީ އެ ކުއްޖާގެ ގުނަވަންތައް ކުރިއަށް އޮތްތަނުގައިވެސް ބޮޑުވާނެ ކަަމަށް ބެލެވޭތީއެވެ.
އޮވެން ތޯމަސް ނަމަކަށް ކިޔާ މި ކުއްޖާއަކީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވާ ބެކްވިތް-ވިއެޑެމަން ސިންޑްރޯމް (ބީޑަބްލިވްއެސް) ހުންނަ ކުއްޖެކެވެ. އެކަމުގެ ސަބަބުން އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ބޮޑުވާން މެދުވެރިވެއެވެ. މިއީ ކޮންމެ 15،000 ތުއްތުކުދިންގެ ތެރެއިން އެއް ކުއްޖަކަށް ކުރިމަތިވާ ބައްޔެކެވެ.
އޭނާގެ މަންމަ ތެރެސާ ތޯމަސް 30އ، އަށް އޭނާގެ ދަރިފުޅަށް ޖެހިފައިވާ ބަލި ދެނެގެވުނީ 2018 ވަނަ އަހަރު ތެރޭގައެވެ. އެއީ އޭނާ އުފަންވިތާ ދެ ހަފްތާ ފަހުންނެވެ. ދަރިފުޅަށް ދިމާވެފައިވާ ހާލަތުގެ ސަބަބުން، ހާލަތު ސީރިއަސް ވިއެވެ. އެ ހާލަތުގެ ސަބަބުން އޭނާއަށް ނޭވާލާންވެސް އުނދަގޫވިއެވެ. އެހެންވެ އޭނާ ދުލުން ދެ އިންޗި ބުރިކޮށްލަންވެގެން އޮޕަރޭޝަނެއްވެސް ކޮށްފައި ވެއެވެ.
ފުރަތަމަ ޑޮކްޓަރުން ބުނެފައި ވަނީ، އޮވެންގެ ދޫ ދުޅަވެފައި ހުރި ކަމަށެވެ. އެހެން ނަމަވެސް އޭނާގެ އިތުރު ޓެސްޓުތައް ހެދި ފަހުން އެނގުނީ، އޭގެ ސަބަބުން އޮވެންގެ ނޭވާ ލުމަށް އުނދަގޫވާ ކަމަށެވެ. އަދި އޭނާގެ އަނގަޔަށްވުރެ ހަތަރު ގުނަ ދޫ ބޮޑުކަމެވެ.
"މިގޮތަށް އެރޭ އޮވެން، ނިދާފައި އޮއްވާ ނޭވާ ލާން ހުއްޓުނީ، އަދި ހޮޑުލުމާއެކު މައިންބަފައިންވެސް ވަރަށް ބިރުގަތް
އެއާއެކު އޮވެންގެ ބޮޑު އޮޕަރޭޝަނެއް ކުރެވިގެން ދިޔައެވެ.
މި އޮޕަރޭޝަނަކީ ދާއިމަށް އެކަމަށް ހައްލެއް އައި އޮޕަރޭޝަނެއް ނޫނެވެ. އޭނާގެ ދޫ ކުރިއަށް އޮތްތަނުގައިވެސް ބޮޑުވާނެ އެވެ. ޑޮކްޓަރުން މިހާރު ދަނީ އެ ދޫ ލަހުން ބޮޑުވާނެ ގޮތެެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
އޮވެންގެ މައިންބަފައިން ތިބީ އެމީހުންގެ ދަރިފުޅުގެ ސިއްހީ މައްސަލައަށް އަވަސް ހައްލެއް ލިބޭނެ ކަމުގެ އުއްމީދުގައެވެ.