ބޭނުންވާ ތަކެތި

5 ބިސް
1 ދަޅު ގެރިކިރު
1 މޭޒުމަތީ ސަމުސާ ބަޓަރ
1/2 ޖޯޑު ކިރު
225ގ ވައިޓް ޗޮކްލެޓް (ދިޔާކޮށްފައި)
ވައިޓް ޗޮކްލެޓް ސްޕްރިންކަލްސް

ތައްޔާރު ކުރާނެ ގޮތް

ބްލެންޑާއަށް ބިސް، ގެރިކިރު، ބަޓަރު، ކިރު އަދި ވައިޓް ޗޮކްލެޓް އަޅާ އެއްކޮށްލާށެވެ.

ދެން ޓްރޭއަށް އަޅާލާށެވެ. އެއަށްފަހު ޓްރޭއަށްވުރެ ބޮޑު ތައްޓަކަށް ލުމަށްފަހު އެބަޔަށް ފެން އަޅާށެވެ.

އެއަށްފަހު 350 ޑިގްރީގައި 50 މިނެޓް ފިހެލުމަށްފަހު ފިނިކޮށްލައިން ވައިޓް ޗޮކްލެޓް ސްޕްރިންކަލްސް އާއިއެއްކޮށް ސާވް ކޮށްލާށެވެ.