ބޭނުންވާނެ ތަކެތި

ކޮށާފައިހުރި ވަޅޯމަސް ފިޔާ (ކޮށާފައި) 4 މޭޒުމަތީ ސަމުސާ ކުކުޅު ހަވާދު 3 ފޮނި ތޮށި (3 އިންޗި ހުންނަވަރު) ¼ މޭޒުމަތީ ސަމުސާ ކާފޫރު ތޮޅި (ހިމުންކޮށް މުގުރާފައި) 3 ރާނބާ ފަތް (3 އިންޗި ހުންނަވަރު) 1 ގިތެޔޮ މިރުސް 2½ މޭޒުމަތީ ސަމުސާ ހަކުރު ލޮނު 2 ޖޯޑުފުއް ތެޔޮ

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ފިޔާ، ހަކުރު، ރާނބާފަތް އަދި ފޮނި ތޮށި ކުޑަ ތެޔޮފޮދެއްގައި ވަޅޯ ކޮށްލާށެވެ. އެއަށްފަހު ވަޅޯމަސް، މިރުސް. ކުކުޅު ހަވާދު، ހިމުންކޮށް މުގުރާފަހުރި ކާފޫރު ތޮޅި އަދި ލޮނު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ތައްޔާރުކުރި މަސްގަނޑުގެ ތެރެއިން ރާނބާފަތާއި ފޮނި ތޮށި ވަކިކޮށްލާށެވެ. ދެން ރޮށި ފިހަން ފުއް މޮޑޭ ގޮތަށް ފުއް މޮޑޭށެވެ. ރޮށި ގޮތަށް ދަންމާ ކޮންމެ ރޮށްޓެއް 4 ފަޅިއަށް ކަފާލާށެވެ. އެއަށްފަހު ކޮންމެ ރޮށްޓަކަށް މަސްކޮޅެއް ލުމައްފަހު ތިނެސްކަނަށް ވާގޮތައް ދަމާލާށެވެ. ނުވަތަ ބަޖިޔާ ތައްގަނޑުން ހަދާލާށެވެ. ތަވާ އުނދުންމައްޗަށް އުދާފައި ތެޔޮ ކެކިގަތީމައި ބަޖިޔާ ތެލުލާށެވެ.