ބޭނުންވާ ތަކެތި

2 އާފަލު

2 ޖޯޑު ކިރު

ކުޑަ ފޮނިތޮށި ކޮޅެއް ( މުގުރާފައި)

ހަކުރު ( ރަހަލާވަރަށް)

12 އަލްމަންޑް ނޫނީ ކެޝޫނަޓް

ތައްޔާރުކުރާނެ ގޮތް

އާފަލުތަށް މަށާލުމަށްފަހު ކުދިކޮށް ކޮށާ ބްލެންޑަރަށް އަޅާށެވެ. ދެން އެއް ޖޯޑު ކިރު، ހަކުރު އަދި ނަޓް ކޮޅުތަށް އަޅައިގެން ރަނގަޅަށް ގިރާލާށެވެ. ދެން އާފަލުތަށް ހިމުންވަންދެން ގިރުމަށްފަހު ބާކީ ހުރި ކިރު ފޮދުވެސް އެއްކޮށްލައިގެން ގިރާށެވެ. ދެން ތަށްޓަށް އެޅުމަށް ފަހު މައްޗަށް ފޮނި ތޮށިކޮޅެއް ބުރުވާ ލާށެވެ.