އަލަށް ކައިވެނި ކުރާ ކޮންމެ ދެމަފިރިއަކު ވެސް އެންމެ ބޭނުންވާނީ އަމިއްލަ، ރީތި ގެއްގައި ދިރިއުޅޭށެވެ. ނަމަވެސް ޝާހީ އާއިލާގެ މެންބަރުން ގިނަ ފަހަރަށް ކައިވެނި ކުރުމަށް ފަހު ދިރިއުޅޭނީ ޝާހީ ގަނޑުވަރެއްގައެވެ. ކަންތައްތައް ހިނގާ އާންމު އުސޫލަކީ މިއީ ކަމުގައި ވީނަމަވެސް ޕްރިންސް ހެރީ އާއި މޭގަން މާކެލް ދިރިއުޅުމަށް އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު މިވަނީ އާދަޔާއި ހިލާފު ރީތި ގެއެއް ހަދިޔާ ކޮށްފައެވެ.
ޔޯކް ކޮޓޭޖް ސަރަހައްދުގައި ހުންނަ މިގެ ޕްރިންސް ހެރީ އާއި މޭގަން ގަތީކަމަށް ކުރިން މީޑިއާ އިން ރިޕޯޓްކުރި ނަމަވެސް ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ޕްރިންސްގެ ހެރީގެ ދެމަފިރިންނަށް ރާނީ އެލިޒަބަތު އެގެ ހަދިޔާ ކުރީއެވެ.
ޕްރިންސް ހެރީގެ ދެމަފިރިންނަށް ރާނީ އެލިޒަބަތު ހަދިޔާކުރި ގެއަކީ ޝާހީ އާއިލާގެ ގެއެކެވެ. އެއީ ކިންގް އެޑްވާޑް ބިނާކޮށް 1893 ވަނަ އަހަރު އޭނާގެ ދަރިފުޅު ކިންގް ޖޯޖް އަށް ހަދިޔާ ކުރި ގެއެކެވެ. މިއީ ޝާހީ އާއިލާގެ މިލްކިއްޔާތުގައި ހުރި ގެތަކުގެ ތެރެއިން ރާނީ އެންމެ ގަޔާވާ ގެ ކަމަށް ވެއެވެ. ރާނީ މިގޭގައި ވަރަށް ގިނައިން ޗުއްޓީ ހޭދަކުރެއެވެ. އަދި ބައެއް ރަސްމީ ހަފްލާތައް ވެސް މިގޭގައި ބާއްވައެވެ.
ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި ޕްރިންސް ހެރީ އާއި މޭގަން އަށް ރާނީ ހަދިޔަކުރި ގެއަށް ދެކަނބަލުން އަދި ދިރިއުޅުން ބަދަލެއް ނުކުރެއެވެ. ދެމަފިރިން އާގެއަށް ދިރިއުޅުން ބަދަލުކުރާނީ ގެ ކޮންމެވެސް ވަރަކަށް މަރާމާތު ކުރުމަށް ފަހު ކަމަށް ރިޕޯޓްތައް ބުނެއެވެ.
މުޅި އިނގެރޭސިވިލާތް ރާނީގެ މިލްކިއްޔާތު ކިހާ މޮޅު
ތީރާނީ ދޭއެއްޗެއް ނޫން. ދައުލަތުގެ ބަޖެޓުން ދޭއެއްޗެއް.
ރާނީއަށް
ވެދުން ސަލާމް
އިނގިރޭސި ކަރާގައި ސާފު ފެން ކޯރެއް ހަމަ ނޯންނަނީތަ
އިހުތިރާމް
މުޅި އޮޑީގަ ހަސަނުގެ ދެފައިދޯ
ކަލޭ ކަނޑޫފާ، ކުޅި މިބާވަތުގެ ތަންތަން ދަންނަމުތޯއެވެ! ކޮންމެވެސް ނެގެޓިވް އެއްޗެއް ބުނެވޭތޯ އަބަދުވެސް ބަލާށެވެ!
އެބުނާހެން ރައްޔިތުންގެ ފައިސާއިން ކައިވެނިހެދުން ގަތް އިރު ގެ ވެސް ދޭނީ ރައްޔިތުންނެއްނު.....؟؟؟