އެމެރިކާގެ ލޮސް އެންޖެލެސްގައި ދިރިއުޅުނު އަންހެނަކު އިސްތަށިގަޑު ރީތި ކުރަން ތެރަސް ބޭނުން ކުރުމުން އޭނާ އަށް ބޮޑު ލަނޑެއް ލިބުނު ވާހަކަ މީޑިއާތަކުގެ ސަމާލު ކަމަށް ވަނީ އައިސްފައެވެ. އެގޮތުން ފަސް ކުދިންގެ މަންމަ އެއް ކަމަށްވާ ޓެސިކާ ބްރައުން އޭނާގެ ބޮލުގައި އުނގުޅާފައި ވަނީ ގޮރިއްލާ ގްލޫ ކިޔާ ވަރަށް ތަތް ގަދަ ތެރަހެއް ކަން މީޑިއާ ރިޕޯޓްތަކާއި މީސްމީޑިއާގައި ދައުރުވާ ވާަހަކަތަކުން އެނގެއެވެ. ޓެސިކާ ބުނާގޮތުން އެ ތެރަސް އުނގުޅުމަށް ފަހު އިސްތަށިގަނޑު އޮމާން ކުރި ފަހުން އޭނާގެ އިސްތަށިގަނޑު އެ ނޫން ގޮތަކަށް ބަދަލެއް ނުކުރެވުނެވެ.

އެގޮތަށް އިސްތަށިގަނޑު ހުންނަތާ މަހަކަށް ވުރެ ގިނަ ދުވަސް ވުމުން އޭނާ ވަނީ ޓިކްޓޮކްގައި އެކަމާއި ގުޅޭ ވީޑިއޯ އެއް އާއްމުކޮށްފައެވެ. އަދި އާއްމުންގެ އެހީ އަށް ވެސް އެދިފައެވެ. އެހެންނަމަވެސް އިސްތަށިގަނޑު ރަނގަޅު ކުރަން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބު ނުވުމުން އޭނާ އަށް ޖެހުނީ 12،000 ޑޮލަރުގެ އަގުބޮޑު ޕްރޮސީީޖާ އަކާއި އެކު ކުރިއަށް ދާށެވެ.

އިސްތަށިގަނޑު ހަރުވުމުގެ ސަބަބުން ޓެސިކާ އަށް ބޮލުގައި ރިއްސުން ފަދަ ކަންކަން ދިމާވާ އިރު މިކަމާ ގުޅިގެން އޭނާގެ ބޮލަށް ދާއިމީ ގެއްލުންތަކެއް ލިބޭނެ ކަމަށް ޑޮކްޓަރުން ވަނީ ފާހަގަކޮށްފައެވެ.

ޓެސިކާ ބުނީ އޭނާ ބޮލުގައި ތެރަސް އުނގުޅީ ވަރަށް ބޮޑަށް ލަސްވެފައި ހުރުމުން ކަމަށެވެ. އޭނާ ވަނީ ސެލޫން އަށް ގޮސް އެސިޓޯން ބޭނުންކޮށްގެން އިސްތަށިގަނޑު މަޑު ކުރުމަށް މަސައްކަތްކޮށްފައެވެ. އޭނާގެ އިސްތަށިގަނޑަށް އެސިޓޯން އަޅައިގެން ކޮންމެވެސް ވަރަކަށް އިސްތަށިގަނޑު މަޑުވި ނަމަވެސް އިސްތަށިގަނޑު ރަނގަޅެއް ނުކުރެވުނެވެ.

އެހިސާބުން ޓެސިކާގެ އިސްތަށިގަނޑު ކޮށާލަން މަޖުބޫރުވިއެވެެ. ޑޮރއޮބެންގް ކިޔާ ސަރޖަން އެއް 12،000 ޑޮލަރުގެ މި އަގުބޮޑު ޕްރޮސީޖަރ ކުރިއަށް ގެންގޮސްދިނީ ހިލޭއެވެ. 4 ގަޑި އިރުގެ މި ޕްރޮސީޖަރ އަކީ ކެމިކަލްތަކާއި ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ހިންގި މަރުހަލާއެކެވެ. ޓެސިކާގެ ބޮލަށް އެ ފޯމިއުލަރ އެޅުމުގެ ކުރިން ޑަމީ ބުދެއް ބޭނުންކޮށްގެން އެ ފޯމިއުލަރ މަސައްކަތްކުރޭތޯ ބަލާފައިވެއެވެ.

ޓެސިކާގެ ބޮލުގެ އިސްތަށިގަނޑުން ތެރަސް ނެއްޓުނު ނަމަވެސް އޭނާގެ އިސްތަށިގަނޑު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަހަހަ

    ލޮލް

  2. Anonymous

    މޮޔައެއްނު ތިއީ.. ބޯ ބާލާ