ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީންގެ ޅައިރުގެ ފޮޓޯތަކެއް އިންސްޓަގްރާމްގައި އާންމުކޮށްފިއެވެ.

ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކައިޒީންގެ ކުޑައިރުގެ ފޮޓޯތައް އިންސްޓަގްރާމްގެ ސްޓޯރީއަށާއި ޕޯސްޓުގައި ވަނީ ހިމަނައިފައެވެ. އަދި އެ ފޮޓޯތަކަށް އެތައް ހާސް ބައެއްގެ ސަމާލުކަން ހުއްޓިފައިވާ އިރު، ގިނަ ބަޔަކު ހާމަކުރަމުން ދަނީ ކައިޒީން އަށް އޮތް ލޯތްބެވެ.

ފޮޓޯތައް އިންސްޓަގްރާމްގައި ހާމަކުރުމަށް ފަހު ކައިޒީން ބުނީ އޭނާއަކީ ކުރިން ވަރަށް ތަފާތު ގޮތް ގޮތަށް ހެދުން އެޅުމާއި ޒީނަތްތެރިވުމަށް ލޯބިކުރި މީހެއްކަން އެ ފޮޓޯތައް ބަލާލުމުން އެނގިގެން ގޮސްފައިވާ ކަމަށެވެ. ފޮޓޯ ނެގުމަކީ ހިތްހަމަޖެހިގެން ކުރާ ހިތްވާ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"އަހަރެންގެ މަންމަގެ އަމިއްލަ އަތުން، ހެދުން ފަހައިދޭކަން ހަނދާން ހުރޭ. އަހަރެންގެ މައިންބަފައިން އަބަދުވެސް އަހަރެން ދެކެ ވަރަށް ލޯބިވެ، އެއްވެސް ކަމަކުން އަހަރެން ބާކީ ވެގެން އުޅޭ ކަމުގެ އިހްސާސެއް ނުކުރެވޭ،" ކައިޒީން ލިޔެފައިވެއެވެ.

މި ޕޯސްޓުގައި ކައިޒީން ވަނީ އޭނާގެ މައިންބަފައިންނަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ. އޭނާ ބުނި ގޮތުގައި ކެރިއަރުގެ މިހާ ހިސާބަށް އާދެވުނީ މައިންބަފައިންގެ ލޯތްބާއި ކުލުނު ލިބިގެންނެވެ. އަދި އޭނާ އަށް ހިތްވަރު ލިބުމުގައި ފޭނުންގެ ރޯލު ބޮޑު ކަމަށް ބުންޏެވެ.

އަދި މި ޕޯސްޓުގައި ކައިޒީން ވަނީ އޭނާގެ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ.

ރާއްޖޭގެ މޮޑެލުންގެ ތެރެއިން ކައިޒީން އަކީ މިހާރު ރާއްޖޭގައި ހުރި މީސް މީޑީއާގެ ޕްލެޓްފޯމްގައި އެންމެ ފޭން ބޭސް ބޮޑު ފަރާތެވެ. ކައިޒީންއަކީ ވަރަށް ގިނަ ބަޔަކު އިންސްޕިރޭޝަންގެ ގޮތުގައިވެސް ބަލާ މީހެއްކަމުން، އޭނާގެ އިންސްޓަގްރާމް ފޮލޯވާސް މަދެއް ނޫނެވެ. އެގޮތުން އޭނާ ފްލޯ ކުރާ މީހުންގެ އަދަދު މިހާރު ވަނީ 122،000 އަށް އަރައިފައެވެ.

ކައިޒީންއަކީ ރާއްޖޭގައި މަޝްހޫރު ބްރޭންޑްތަކާއި، ބައެއް ވިޔަފާރި ބްރޭންޑްތަކުގެ އެމްބެސެޑަރުކަންވެސް ކުރި އަދި ކުރަމުން އަންނަ މޮޑެލްކެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޒީޝާން

    އެންމެ ފުރަތަމަ ކޮއްކޮއެއް.. ދެން އޭގެފަހުގާ ދައްތައެއް... ދެން އެއަށްފަހު ފެންނަމަ ނިޔަނެތި އަބުރުވެރި މަންމައެއް.... އުއްމަތަށް އޭރުން އިރުތުވާނީ ގަދަރުވެރި ވަންހައެއް... ދީނުގާ ލޮބުވެތިވި އުހުތާ މީގެ އިބުރަތަކީ ކޮބާ.....

    109
    4
  2. ޢަލަީ

    ވަރައް ސްޓެރެސް ކޮއް އަބަދު ފެންނަނީ. ވަރައް ހަޑި

    55
    12
  3. ޖުޖު

    ކަލޭގެ ނިވާކަންކުޑަ ފޮޓޯތަކާއި ދޭތެރޭ ކަލޭގެ މަންމަ އުފާކުރަންޏާ އަހަރެން ދައްކާނެ އިތުރު ވާހަކައެއްނެތް ...

    74
    3
  4. ޕޮގުބާ

    ހަޑި އެށް ނޫން

    11
    26
  5. އިހުސާން

    ރަނގަޅު ތަރުބިއްޔަތެއް ދީފައި ނުވާ ކުއްޖެއްކަން ތީގެން އެނގެނީ. ކައިޒީން މަންމަ ތި ދިން ތަރުބިއްތާމެދު ސުވާލު ކުރެވޭނެ ދުވަހެއްވޭ އެ ދުވަހަކުން އެ މަންމަ ތިޔަ ހެދުން އެޅުވި ގޮތާމެދު ހިތާމަކުރާނެ. އަދު ހުދު ތިމާވެސަ އެކަމާ ދެރަވާނެ.

    82
    6
    • ބަލީ

      މީހަކު ހެދުން އަޅާގޮތަކުން މީހެއްގެ ގޮތެއް ނޭނގޭނެ. މޫނުބުރުގާ އަޅައިފަ ހުންނަ މީހަކުފެނުމުން މީހުން ހީކޮށްފާނެ އެއީ ހާދަ ސޯލިހު ތަގުވާވެރިއެކޭ ފަސްވަގުތު ބަރާބަރަށް ނަމާދު ކުރާނޭ. އެކަމަކު އޭނަ މޫނު ބުރުގާ އަޅާ ސަބަބަކީ އެއީ ކަމުގައި ނުވެދާނެ.

      13
      20
      • ފާއިޒު

        ބަލީ! އެކަމަކު އޭނާ އެ ގޮތަށް މޫނު ބުރުގާ އެޅުމުން ދޭހަވާ އެއްކަމަކީ އެންމެ ކުޑަމިނުންވެސް އޭނަ އޭނަގެ ޢައުރައާމެދު ވިސްނާކަން. ތި ކައިޒިން ގެ އެހެނިހެން ކަންކަން މާ ރަނގަޅީތަ. އިން ފިރިމީހާއަށް ފުރިހމަ އިޙުތިރާމެއް ކުރިބާ. އޭނާގެ ޢިއްޒަތުއްނަފުސަށް ކިހާ ސަމާލުކަމެއްދޭބާ. ނަމާދާއި އެނޫން އަޅުކަން ކިހިނެއްބާ.

        15
      • ބޯ ހަލާކު

        ގަމާރާސް ތިދެން ބޮޑުވަރު. ކާކުތަ ބުނީ މޫނު ބުރުގާ އަޅާގެން ވިޔާނުދާ ގޮތްގޮތަށް އުޅޭށޭ. ރަނގަޅު ގޮތަކީ ދީނުގައި އަންގަވާފައިވާ އައުރަ ނިވާކޮށްގެން ރަނގަޅަށް އުޅުން. އޮރިޔާމުން އުޅެ ހެޔޮ އަމަލު ކުރުމެއް ނުވަތަ މޫނު ބުރުގާ އަޅާގެން ގޯސް އަމަލު ކުރުމެއްވެސް ނޫން.

        17
  6. ކޫސަން

    ކަނބުލޯ ކުޑަ އިރު ވެސް ވަރަށް ތިއްތި ދޯ

    9
    13
  7. މުސްލިމާ

    ގައުމުގެ ވެރިކަމުގަ މިއަދު ތިބި މީހުން ހިތްވަރުދެނީ، މިކަން ކަމައް، ﷲ އާ އެކަލާނގެ ރަސޫލާ އެންގެވި ގޮތާ ގާތްވަންޏާ އެމީހުން ރުޅިއާދޭ،

    މިއުޒިކާ ލަވަޔާ، މަޖާކުރާ ސެންޓަރާ، ކުރު ހެދުމާ މީ އެމީހުން ފާޅުގަ ހިތްވަރުދޭ ކަންކަން،
    މީކީ ތުހުމަތެއް ނޫންކަން ދިވެއްސެއް ވިއްޔާ އެނގޭނެ..

    25
    2
  8. ބކރ

    ކައިޒީން ދެކެ ލޯބި ނުވާކަަން ފޮޓޯ ތަކުން ހާމަވަނީ

    24
    1
  9. ބެލެނިވެރިން

    މައިން ބަފައިން ލޯބިވިނަމަ ރަނގަޅު ނަސޭހަތް ދިންނަމަ ތިޔަގޮތަކައް ނޫން އުޅޭނީ އިސްލާމީ އަގީދާ ގެ އެއްވެސް ކަމެއް ނެތް

  10. ހަޒީން

    ކެރިޔަރޭ.. ފޮޓޯނެގުމަކީ ކެރިޔަރެއް ނޫނެވެ. ހަމައެކަނި އޮޅުންފިލުވައިލަދިނީ.

    6
    1
  11. އެރަށުމީހާ

    ހާދަ ގިނަމީހުންގެ ލައުނަތް ލިބޭނެޔޭ މީނައަށް.
    ނޭނގިތިބެ އަމިއްލަ ހަށިގަނޑުގަ އަލިފާން ހިފާ އިރުވެސް ނޭނގޭ

    8
    1