ބޮލީވުޑު އަދި ހޮލީވުޑުގެ ވެސް ކާމިޔާބު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސްގެ ދުލުން ހޮލީވުޑު އަދި ބޮލީވުޑުގެ ލޯބީގެ ފިލުމުތަކުގެ ތަފާތު ބަޔާން ކޮށްދީފިއެވެ.

ދެ އިންޑަސްޓްރީގައި ވެސް ކާމިޔާބު ފިލުމުތަކެއް ކުޅެފައިވާ ޕްރިޔަންކާ ބުނެފައިވަނީ ލޯތްބަކީ ލޯބި ކަމަށާއި ލޯބި އަދި ހެއްވާ މަޖާ ފިލުމަކީ ވެސް އެއް އިހްސާސްތަކެއް ދައްކުވައިދޭ ފިލުމެއް ކަމަށެވެ. ދެ އިންޑަސްޓްރީގައި ވެސް މާ ބޮޑު ތަފާތެއް ނުހުންނަ ކަމަށާއި ނަމަވެސް ބަހުގެ ތަފާތު ފާހަގަ ކޮށްފައިވެއެވެ.

މީގެއިތުރުން ބޮލީވުޑު ފިލުމުތަކުގައި ލަވަ ގިނަ ކަމަށާއި ޑްރާމާގެ ބައި ބޮޑުވާނެ ކަމަށާއި އަދި އިންޑިޔާ މީހުންނަކީ ޑްރާމާއަށް ވަރަށް ބޮޑަށް ޝައުގުވެރިވާ ބައެއް ކަމަށް ވެސް ޕްރިޔަންކާ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

މިހާރު ހޮލީވުޑު ފިލުމުތަކުގައި އަވަދިނެތި މަސައްކަތް ކުރަމުން އަންނަ ޕްރިޔަންކާ އެންމެ ފަހުން ކުޅެފައިވާ ބޮލީވުޑު ފިލުމަކީ ''ދަ ސްކައި އިސް ޕިންކް'' އެވެ. އަދި ވަރަށް އަވަހަށް ބޮލީވުޑް ފިލުމަކުން ފެނިދާނެ ކަމުގެ އިޝާރާތެއް ވެސް ޕްރިޔަންކާ ވަނީ ދީފައެވެ.

ރަނގަޅު ޕްރޮޖެކްޓަކާއި ގުޅޭގޮތުން މިހާރު މަޝްވަރާ ކުރަމުންދާ ކަމަށާއި ވަރަށް އަވަހަށް އެ ޚަބަރު ހާމަކުރާނެ ކަމަށް ވެސް ޕްރިޔަންކާ މި އިންޓަވިއުގައި ބުނެފައިވެއެވެ. އަދި މީގެއިތުރުން ބޮލީވުޑުގެ ފިލުމުތައް ވަރަށް ''މިސްވާ'' ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ކުށުގެ ކަންތައްތަކާއި ގުޅޭގޮތުން ހުންނަ ސީރީޒްތައް ވަރަށް ކުޅޭ ހިތްވާ ކަމަށާއި ނެޓްފްލިކްސް ސީރީޒްތަކަށް ޝައުގުވެރިކަން ހުންނަ ކަމަށް ވެސް ޕްރިޔަންކާ ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. މުބްސް

  އަހަރުމެން ގެ ސުނީ ވެސް ޕްރިޔަންކާ ކިޔާދޭ ގޮތަށް އެކިކަންކަމުގަ ހުރި އެކިއެކި ތަފާތު ކިޔާލަދޭ ފަސޭހަ ކަމާއި އެކު. ސުނީ ބުނީ ބޮޑު އުނދަގުލެކޯ މަޖްލިހުގަވެސް ލަވައިގެ ވާހަކަ ދައްކައިފިޔޯ. ޕާކިސްތާނު ގެ ލޮރީ ދުއްވާ ގޮތަށް ހެދުން އަޅާ މީހުންނާއި މަޖްލިސް މެމްބަރުން ގެ ތަފާތު ސުނީ ކިޔާލަ ދެނީ ފެންތައްޓެއް ބޯލާހާ ފަސޭހައިން.

  5
  2
 2. ޝައްފަ

  ނޭފަތް އޮޕަރޭޝަން ކޮށް ނޭފަތުގެ ސިފަ ބަދަލުކޮށްފަ. މިހާރު ގެ ނޭފަތް މާހަޑި. ހޮހޮޅައެއްހެން ނޭފަތުގެ އެތެރެފެނޭ. ކުރީގެ ނޭފަތަކުން އެތެރެއެއް ނުފެނޭ. ލެއްޕިފަ މާރީތިކޮށް އިންނަނީ. ޕްލާސްޓިކްސާޖަރީ އަކީ ކުރަންވާވަރުކަމެއް ނޫން. ޑޮކްޓަރުން ލާރިގަޑެެއް ކާލާދަ ލަނޑުދެނީ.

  1
  1