ފިރިމީހާ ކައިވެނީގެ ބޭރުން އެހެން އަންހެނުންނާއި ގުޅުން ބޭއްވި ނަމަވެސް މިހާރު ގިނަ އަނބިންނަށް އެކަން މައްސަލައަކަށް ނުވާ ކަމަށް ދިރާސާ އަކުން ދައްކައިފިއެވެ.

އިނގިރޭސިވިލާތުގައި ކޮށްފައިވާ ދިރާސާގެ ރިޕޯޓްގައި ބުނެފައި ވަނީ ފިރިން އެހެން އަންހެނުންނާއި ގުޅުން ބާއްވާކަން އެނގުނު ނަމަވެސް ގިނަ އަނބިން މިހާރު ތިބެނީ އެމަންޒަރު ނުފެންނަ ކަމަށް ހަދައިގެންނެވެ. ނުވަތަ އެފަދަ މައްސަލައެއްގައި ވަރި އާއި ހަމައަށް ދިއުމުގެ ބަދަލުގައި ގިނަ އަނބިން ބޭނުން ވަނީ އިތުރު ފުރުސަތެއް ދީގެން މައްސަލަ ހައްލު ކުރަން ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.

މިދިރާސާ ކޮށްފައި ވަނީ ވަރި ވާން ވެގެން ޤާނޫނީ ލަފާ ހޯދާ އަންހެނުންގެ ކިބައިން ފާއިތުވި 25 އަހަރު ހޯދާފައިވާ މައުލޫމާތުތައް ދިރާސާ ކޮށްގެންނެވެ.

ދިރާސާގެ ނަތީޖާ ދައްކާ ގޮތުން ފާއިތުވި 25 އަހަރުތެރޭގައި އިނގިރޭސިވިލާތުގައި ވަރި ކުރުން ވަނީ 45 އިންސައްތަ ދަށަށް ގޮސްފައެވެ.

ދިރާސާ ކުރި ޓީމުން ބުނެފައިވާ ގޮތުގައި ކޮންމެ ހާލެއްގައި އުޅެން ޖެހުނު ނަމަވެސް ވަރި ނުވުން ނޫން ހައްލެއް ހޯދަން ގިނަ އަންހެނުން މިހާރު ބޭނުން ވަނީ ދެމަފިރިންގެ މަސައްކަތުން ހޯދާފައިވާ ގެދޮރާއި މުދާ ދޫކޮށްލަން ޖެހުން ނުވަތަ ނުއަގުގައި ވިއްކާލަން ޖެހުން ފަދަ ކަންތައްތައް ކައިވެނި ރޫޅުމުން ކުރަން ޖެހޭނެތީއެވެ.

އަދި ދެމަފިރިން ވަޒީފާ އަދާކޮށްގެން ދިރިއުޅޭ އިރު ވެސް ރަނގަޅު އާމްމުދަނީއެއް ނުލިބޭއިރު ވަރިވުމަށް ފަހު އާމްދަނީ އަށް އަންނާނެ ބަދަލާއި މެދު ވެސް ބައެއް އަންހެނުން ވިސްނައެވެ. މީގެ އިތުރުން ކައިވެނި ރޫޅުމުން ދަރިންނަށް އެކަމުގެ ގެއްލުން ފޯރާކަން މިހާރު ގިނަ އަންހެނުން ގަބޫލު ކުރުމަކީ ވެސް ވަރި ނޫން ހައްލެއް ހޯދަން ގިނަ އަންހެނުން ބޭނުންވާ ސަބަބެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މިއީ ވަގުތަށް ލިޔެވުނު އެންމެ ރަނގަޅު ލިޔުން.
    މިއީ ރާއްޖޭގައިވެސް މިކަން އޮތް ގޮތް.
    އަންހެނުން ހާދަ ލޯބިކުރެއޭ ދޯ މުދަލާ ފައިސާއަށް؟ ކީއްވެގެން ބާ؟

    • ާއަހެނުން

      ވީ ވޯންޓް އަ ސްޓޭބަލް ލައިފް ފޯ އަސް އެންޑް ދި ފެމަލީ. އަންލައިކް މޭން ހޫ ޑަޒްންޓް އަންޑަރސްޓޭންޑް ދި އިމްޕޯރޓެންސް އޮފް ފެމެލީ!

  2. އެހެން ދޯ ވާނީ މިހާރު ގިނަ އަންހެން ބޭފުޅުންވެސް އުޅެނީ އެހެން ވީޔާ.ކުރީގެ ލޯބިވެރިޔާ ނުވަތަ އިހަކަށް ދުވަހު ފެނުނު ހޮޓް ސޮރެއް ފަހަތުން އެ މީހުން ވެސް ދުވަނީ.ލޮލް.

  3. ތިއީ ހީވާގޮތް! ފިރިމީހާ ބޭވަފާތެރިވަންޏާ އަނބިމީހާ ހުންނާނީ ހަތަރު ފިޔަވަޅު ކުރީގައި. އެހެން ނޫނީ ގަޔަށްބޮލަށް އަރާނެކަން ޔަޤީން.