މީސް މީޑިއާއަކީ މިހާރު ގިނަ މީހުން މަޝްހޫރުވުމަށް ބޭނުން ކުރާ މައިދާނެވެ. ކުޑަ ހިނދުކޮޅަކަށް ލިބޭ މަޝްހޫރު ކަމަށްޓަކައި އެތައް ބަޔަކު ދަނީ ނުރައްކާތެރި އެތައް ކަމެއް ކުރަމުންނެވެ. ޖަނަވާރުންނަށް އަނިޔާދިނުމުން ފެށިގެން އަމިއްލަ ހަށިގަނޑަށް ގެއްލުން ދިނުން ފަދަ ގަބޫލު ވެސް ކުރަން ދަތި ކަންތައްތައް ބައެއް މީހުން ދަނީ ކުރަމުންނެވެ.

މީސް މީޑިޔާގައި މަޝްހޫރުވުމަށް މީހުން ކޮށްފައިވާ ނުރައްކާތެރި ބައެއް ކަންތައްތައް

ސެލްފީއެއް ނެގުމަށްޓަކައި ކުޑަ ކޯމަހެއް މަރައިލުން.

ސެލްފީއެއް ނެގުމުގެ ބޭނުމުގައި ފެނުގައި އޮތް ކުޑަކުޑަ ކޯމަހެއް ނަގައިގެން ބަޔަކު އުޅުމުގެ ތެރޭގައި އެ ކޯމަސް މަރުވިއެވެ. ނަމަވެސް އެމީހުންވަނީ އެ ސެލްފީ ނަގައި މީސް މީޑިޔާގައި ހިއްސާކޮށްފައެވެ.

ފޮޓޯއެއް ނަގަން އުޅުމުގެ ތެރޭގައި އަންހެނެއްގެ ދެފައި ބިނދުން.

ޔޯގާ ޕޯސްއެއްގައި ފޮޓޯއެއް ނަގަން އުޅުމުގެ ތެރޭގައި މެކްސިކޯގެ ކޮލެޖު ދަރިވަރެއް ހަވަނަ ފަންގިފިލާއިން ވެއްޓި ދެ ފައި ބިނދި، އަތައީ، އުނަގަނޑު އަދި ބޮލަށް އަނިޔާވެފައިވެއެވެ.

ޓިކްޓޮކް ވީޑިއޯއެއް ހެދުމަށް ގަނޑުފެން ފެންގަނޑެއްގައި ފެތި މީހަކު ކިރިޔާ ސަލާމަތްވުން.

ޓިކްޓޮކަރ ޖޭސަން ކްލާކް ޓިކްޓޮކް ވީޑިއޯއެއް ނެގުމަށް ގަނޑުފެން ފެންގަނޑެއްގައި ފަތަން އުޅުމުގެ ތެރޭގައި ފެންގަނޑު އަރާނެ ގޮތެއް ނުފެނިގެން އުޅެ، އެންމެ ފަހުން ސަލާމަތްވީ ދިރިހުންނާނެ ކަމުގެ ޔަގީންކަން ވެސް ނެތުން ފަހުންނެވެ.

ބޮލުގެ އިސްތަށިގަނޑުގައި ތެރަސްލުން

ތެސިކާ ބްރައުން ނަމަކަށް ކިޔައި އަންހެނަކު އޭނާގެ ބޮލުގައި ''ގޮރިއްލާ ގުލޫ ހެއަރ ސްޕްރޭ'' ކޮށްގެން އެތައް ފަހަރަކު ބޮލުގެ އިސްތަށިގަނޑު ދޮވެ ކާށިތެޔޮލުމުން ވެސް އިސްތަށިގަނޑުން އެ ނުފިލިއެވެ. އެންމެފަހުން އޭނާއަށް ޖެހުނީ 4 ގަޑިއިރުގެ އޮޕަރޭޝަނެއް ކޮށްގެން އިސްތަށިގަނޑު ރަނގަޅު ކުރާށެވެ.

ކުޑަހިނދުކޮޅެއްގެ މަޝްހޫރުކަން ހޯދުމަށް މިފަދަ ކަންތައްތައް ކުރުމަކީ އެންމެ ރައްކާތެރި ގޮތެއް ނޫނެވެ.

 

ކިޔުންތެރިންގެ ހިޔާލު