ބޭނުންވާ ތަކެތި:

4 ބިހުގެ ހުދުބައި
ލޮނުކޮޅެއް
1 ސައިސަމުސާ ވެނީލާ އެސެންސް
2 ބިސް
75ގ ގޯލްޑެން ކަސްޓާ ޝުގާ
2 އާފަލު (ގާނާފައި)
100ގ ފުށް
40ގ ކޮކޯ ޕައުޑަރ
ރާސްބެރީ
އައިސިންގް ޝުގާ

ތައްޔާރު ކުރާނެ ގޮތް:

ބިހުގެ ހުދުބައި ތެރެއަށް ކުޑަ ލޮނުކޮޅެއް އަޅާފައި ގިރުވާލާށެވެ.

ވަކި ތައްޓެއްގައި ބިހާއި ވެނީލާ އަދި ކާސްޓާ ޝުގާ ރީއްޗަށް ހަކުރުތައް ދިޔާވާންދެން ގިރުވާލާށެވެ. ދެން އާފަލު، ފުށް އަދި ކޮކޯ ޕައުޑަރ އަޅާ އެއްކޮށްލާށެވެ. އަދި ފަހަރަކު އެތިކޮޅަކުން ބިހުގެ ހުދުބައި އަޅާމުން ގަށާލާށެވެ.

ދެން ބޭކިންގް ޓްރޭއަށް ކުކިންގް ސްޕްރޭ ޖެހުމަށްފަހު ދެ ކޭކަށް ބަހާލައިން ދެ ކޭކަށް އަޅާށެވެ. އަދި 170 ޑިގްރީގައި 30 މިނެޓް ފިހެލާށެވެ.

އެއަށްފަހު ކޭކު ފިހެވުމުން ހިހޫ ކުރުމަށް ބެހެއްޓުމަށްފަހު އެއް ކޭކު މައްޗަށް އައިސިންގް ޝުގާ ލެޔާއަކާއި ރާސްބެރީ އެޅުމަށްފަހު އަނެއް ކޭކު މަތީގައި ބާއްވާށެވެ. އަދި އެ ކޭކުގައި ވެސް އައިސިންގް ޝުގާ އާއި ރާސްބެރީ އަޅާށެވެ.