ކޮވިޑް-19 ވެކްސިނާ ގުޅިގެން އެކި ކަހަލަ ނޭދެވޭ އަސަރު ކުރާ ކަމަށް ބުނެ ވަރަށް ގިނަ އިން މީސްމީޑިއާގައި އެކި ކަހަލަ މެސެޖުތައް ދައުރުވެއެވެ. އޭގެ ތެރެއިން އެއް މެސެޖަކީ ކޮވިޑް ވެކްސިން ޖެހުމުން ދަރިމައިވުމަށް ނުކުޅެދުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ދެކެވޭ ވާހަކަތަކެވެ. މިކަމުގެ ހަގީގަތަކީ ކޮބައި ހެއްޔެވެ؟

ބީބީސީ ނޫހުގައިވާ ލިޔުމެއްގައި ވާގޮތުން މި ވާހަކަތަކުގެ ހަގީގަތެއް އެކުލެވިގެނެއް ނުވެއެވެ. ވެކްސިން ޖެހުމުން ދަރިން ނުލިބުމަށް މަގުފަހިވާކަން އެނގޭ ނުވަތަ ދައްކުވައިދޭ އެއްވެސް ދިރާސާ އެއް މިހާތަނަށް ކުރެވިފައެއް ނެތެވެ.

ލަންޑަންގެ ކިންގް ކޮލެޖްގެ ޕްރޮފެސަރު ލޫސީ ޗެޕެލް ބުނާ ގޮތުން ބައޮލޮޖިކަލް މެކޭނިޒަމް އަށް ބަލާނަމަ ކޮވިޑް ވެކްސިން ޖަހައިގެން ދަރިން ލިބުމަށް އަސަރު ކުރަން ޖެހޭ ސަބަބެއް ނެތެވެ. އޭނާ ބުނީ ކޮވިޑް ވެކްސިނަކީ މާބަނޑު އިރުވެސް ޖަހަން ރައްކާތެރި ވެކްސިނެއް ކަމަށާއި އެ ވެކްސިން ޖެހުމަށް ފަހު ގާތުން ދިނުން ފަދަ ކަންކަމަށް ވެސް ހުރަހެއް ނެތް ކަމަށެވެ.

ސައިންޓިސްޓުން ވަނީ މިހާތަނަށް ކޮވިޑް ވެކްސިން އިން ދަރިމައިވުމަށް އަސަރު ކުރާކަން އެނގޭ އެއްވެސް ހެއްކެއް ނެތްކަން ފާހަގަކޮށްފައެވެ. ބައެއް މެސެޖްތަކުގައި ވަނީ އެ ވެކްސިންގެ ސަބަބުން ދަރިމައިވުމަށް އަސަރު ކުރަނީ އޭގައި ގިނަ އަދަދަކަށް ޕްރޮޓީން ހިމެނޭތީ ކަމަށް ބުނެފައެވެ. އޭގެ ސަބަބުން ޕްލެސެންޓާ އަށް އަސަރު ކުރާނެ ކަމަށް އެފަދަ މެސެޖުތަކުގައިވެއެވެ.

ނަމަވެސް ބީބީސީގެ ލިޔުމުގައި ވަނީ އެކަން އޮޅުން ފިލުވައިދީފައެވެ. އެގޮތުން އެ ވެކްސިންގައި ޕްރޮޓީން ހުރި ނަމަވެސް އެއީ ޕްލެސެންޓާ އަށް އަސަރު ކުރާ މިންވަރަށް ޕްރޮޓީން އެކުލެވޭ ވެކްސިން އެއް ނޫން ކަމަށް އެ ލިޔުމުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ހަބީބު

  ވެކްސިނާއި ބެހޭގޮތުން މުޅިންވެސް ދައުރުވަނީ ފޭކް ޚަބަރު، ވެކްސިން ވިއަސް އެހެންކަމެއްވިއަސް ދިރާސާކޮށްބަލާގެންނޫނީ ނޭގޭނެ ، ދިރާސާ އަކީ ދެދުވަހުންކުރާ ކަމެއްނޫން ، އެއީ އެތެއްބަޔަކު ބައިވެރިކޮށް އަހަރުތަކުން ކުރާ ކަމެއް ، މިވެކްސިން ދޭންފެށިތާ އަދި މަހެއްނުވަނީސް ކިހިނެއް އެގޭނީ މީގެ ސަބަބުން ދިމާވާ ކަންތައް.

  17
  1
 2. ވިސްނާލުމަށް އެދެމޭ

  ވެސިންގެ ސަބަބުން ދަރިންލިބުމުގަ މައްސަލައެއް ނެތްކަމުގެ ދިރާސާއެއްވެސް އަދިނުކުރެވޭ..އަދި މި ހާތަނަށް ހޯދި ހޯދުންތަކުން އެކަމުގެ އެއްވެސް ހެއްކެ ދަލީލެއް ސާބިތެނުކުވޭ..އަދި އިންޑިޔާގެ ވެކްސިންއިން ކޮވިޑް ދިފާއުކޮއްދެނީ ކިހާވަރަކަށް ކަންވެސް ކި ހާ މުއްދަތަކަށްކަންވެސް...

 3. ޖަމްހަރު

  ވެކްސިން ދިރާސާ ކުރަން ހޭދަވީ ކިތައް ހަރުބާ؟ މީ ސުވާލެއް؟ ދުނިޔޭގެ އެހެން ވެކްސިންތައް ނެރެން ކިތައް އަހަރު ހޭދްކުރޭބާ؟