އިންޑިއާގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ގެންދިޔަ ތަނަކާއި ގުޅުން އޮތްކަމުގެ ތުހުމަތުގައި އިންޑިއާގެ ތަމަޅަ ބަތަލާއަކު ހައްޔަރުކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ހަށިވިއްކުމުގެ ވިޔަފާރިއަކާއި ގުޅޭ ތަހުގީގަށް ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ތަމަޅަ އެކްޓްރެސްއެއްކަމަށްވާ ސަންގީތާ ބާލަން އެވެ.

މިމައްސަލާގައި ސަންގީތާ ހައްޔަރުކޮށްފައިވާއިރު މި ވިޔަފާރީގައި ބައިވެރިވާކަމުގެ ތުހުމަތަށް ތަމަޅަ ބައެއް އެހެން ތަރިން ވެސް ވަނީ ހައްޔަރުކޮށްފައެވެ.

މިހާތަނަށް މިމައްސަލާގައި އިތުރު އެކްޓްރެސްއެއް ހައްޔަރުކޮށްފައި ނުވާކަމަށް ރިޕޯޓްތައް ބުނާއިރު އިންޑިއާގެ ބައެއް އެހެން ސްޓޭޓްތަކަށް ނިސްބަތްވާ އިތުރު ތިން އަންހެނަކުވެސް ހައްޔަރުކޮށްފައިވާކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެއެވެ.

އާއްމުކޮށް ސަފޯޓިން އެކްޓްރެސްއެއްގެ ބައިކުޅޭ ސަންގީތާ ފިލްމީ އިންޑަސްޓްރީއަށް ނިކުމެފައިވަނީ 1996 ވަނަ އަހަރު ތަމަޅަ ފިލްމު ކަރުއްޕޫ ރޯޖާ އިންނެވެ.

އިންޑިއާގައި ހަށިވިއްކުން ނިސްބަތް މިދިޔަ އަހަރު ވަނީ ވަރަށް މައްޗަށް ޖެހިފަ އެވެ. ނޭޝަނަލް ކްރައިމްސް ރެކޯޑް ބިއުރޯ އިން ބުނި ގޮތުގައި 2015 ވަނަ އަހަރު 8،800 ކުދިން ހަށިވިއްކުމުގައި ހައްޔަރު ކުރި އިރު މިދިޔަ އަހަރު ވަނީ 19،920 ކުދިން ހަށިވިއްކުމުގެ ކުށުގައި ހައްޔަރުކޮށްފައެވެ.

އިންޑިއާގައި ރޭޕު އަދި ހަށިވިއްކުން އިތުރުވަމުންދާތީ ކެބިނެޓުން މިހާރު ވަނީ ކުޑަ ކުދިން ރޭޕްކުރާ މީހުންނަށް މަރުގެ އަދަބު ތައާރަފް ކުރަން ނިންމައިފަ އެވެ. އިންޑިއާގައި 2016 ވަނަ އަހަރު ވަނީ ރޭޕުގެ 40،000 މައްސަލަ ރިޕޯޓްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ތަރިއެއް ނޫން

  ފާޙިޝް ޢަމަލު ހިންގާ މީހުންނަކީ ތަރިންގެ ދަރަޖަ ހައްގެއް ނޫން.
  ތަރި ☆(އިސްޓަރ) ލިބެންޖެހޭނީ މުޖްތަމަޢު ގައި ދިރި އުޅުއްވާ އަބުރުވެރި ޢިއްފަތްތެރިންނަށް އެކަނި.

 2. މަ

  ލާރި އަށް ބަރަހަނާ ފިލްމުތައް ކުޅުނަސް އޯކޭ
  އެ ނުވޭ ހަށި ވިއްކުމަށް
  މިވެސް ވަރަށް ވާހަކަ
  ލޮލް

  7
  2