މޫނުގައި ބިހި ނެގުމަކީ އާއްމުކޮށް ދިމާވާ ކަމެކެވެ. ކޮންމެ އުމުރެއްގައި މިހެން ދިމާވެދާނެއެވެ. އެކަމަކު އެކަމަށް ފަރުވާ ކުރަން އެނގިއްޖެނަމަ އެއީ ހިތާމަ ކުރަން ޖެހޭ ވަރުގެ ކަމެއް ނޫނެވެ.

އެހެންކަމުން މިފަދަ ކަންކަމުން ވަރަށް އަވަށް ސަލާމަތްވުމަށް މި އުކުޅުތައް ބޭނުން ކުރަމާ ހިނގާށެވެ.

އައިސް ބޭނުންކޮށްގެން ބިހި މަތީ މަސާޖް ކުރުން

މިއީ އެންމެ ފަސޭހައިން ކުރެވޭނެ އެއް ކަމެވެ. މިކަން ކުރުމަށް މޫނުގައި ބިހި ނަގާފައި ހުރި ތަންތަނުގައި އައިސް ބޭނުންކޮށްގެން މަސާޖް ކުރާށެވެ. މިހެން ހެދުމުން އެ ބިހިތަކުގައި ފެންނަން ހުރި ރަތްލުކަ ގޮސް، ދުޅަވެފައި އިންނަ ބައި ތިރިވާނެއެވެ. އަދި އެ ބިހި ތެރޭ ހުންނަ ޖަރާސީމުތައް ބޭރުވާނެއެވެ.

މިގޮތަށް ބޭނުންކުރާއިރު، އައިސްކިއުބްތައް އަޅާނީ ފޮތިގަނޑެއްގެ ތެރެއަށެވެ. އަޅާފައި މޫނުގައި މަސާޖް ކުރާނީއެވެ. ކޮންމެ ދުވަހަކުވެސް ދެ ތިން މިނިޓް ވަންދެން މިގޮތަށް ހެދިދާނެއެވެ.

ދަތް އުނގުޅާ ބޭސް ހޭކުމުން

މިއީވެސް ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. ދަތް އުނގުޅަން ބޭނުންކުރާ ބޭސް ބިހިތަކުގެ މަތީގައި ހާކާނީއެވެ. ބޭހުގައި ބޭކިންގ ސޯޑާ އާއި ހައިޑްރޮޖެން ޕެރޮކްސައިޑް އެކުލެވިގެންވާއިރު، މީގެ ސަބަބުން މޫނުގެ ނަގާފައި ހުންނަ ބޮޑެތި ބިހި ވަރަށް ފަސޭހައިން ނައްތާލެވިދާނެއެވެ.

މިކަން ކުރުމަށް އެންމެ ރަނގަޅީ ރޭގަނޑުއެވެ. ރޭގަނޑު ހޭކުމަށްފަހު ހެނދުނު ހޭލާފައި މޫނު ދޮވެލާނީއެވެ.

ކިޔުންތެރިންގެ ހިޔާލު